ads
ޑރ. މުހައްމަދު މުއިއްޒު
ހިޔާ ފްލެޓްގެ ކުލި 3800 ކުޑަ ކުރެވޭނެ: މުއިއްޒު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓްތަކުގެ މަހު ކުއްލި 3800 ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ ހިޔާ މަޝްރޫގެ ފްލެޓް ތަކަށް މަހަކު ދައްކަން ޖެހޭ ވަރަކީ 5600 ރުފިއާ އަށްވުރެ ބޮޑު އަދެދެއް ކަމެއް ކަނޑައެޅުމަކީ، ރަށްޔިތުންނަށް ދެވުނު އިތުރު ހިތްދަތި ކަމެއް ކަމަށެވެ.

ދޮރާ، ޓައިލްސް އާ އެކު ފްލެޓްތަކުގެ ފިނިޝިން ނިންމާފައި 5600 ރުފިއާއަށް ދެވޭނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.އަދި 25 އަހަރަށް ބަހާލާނަމަ 3800 ރުފިޔާއަށް ފްލެޓްތައް ދެވޭނެ ކަމަށް ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ.

އިއްޔެ ރައީސް އޮފީހުގައި އޮތް ޕްރެސްގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ޑައުންޕޭމަންޓާއެކު ކުއްޔަށް ދޭ ނަމަ އެ އަދަދު 7،500 ރުފިޔާއަށް ވުރެ ކުޑަވާނެ ކަމަށެވެ. ޑައުންޕޭމަންޓު ދައްކާ މީހުންނަށް ދެ އޮޕްޝަނެއް ދޭނެ ކަމަށް އޭނާ ވިދާޅުވި ނަމަވެސް އެ މަޝްވަރާ އަދި ދަނީ ކުރިއަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.

ހިޔާ ފްލެޓަށް ދައްކަން ޖެހޭ އެންމެ ބޮޑު އަގަކީ 7،500 ރުފިޔާ ކަމަށް ސަރުކާރުން ކަނޑައެޅި ނަމަވެސް އެއީ އެ ފްލެޓްގެ އަސްލު އަގާ ބަލާފައި ވަރަށް ކުޑަ އަގެއް ކަމަށާއި އެ މަޝްރޫއުގެ އުނދަގޫ އެޗްޑީސީއަށް ވަރަށް ބޮޑު ވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ހިޔާ ފްލެޓްތައް އިމާރާތް ކުރުމުގެ އަގާއި ލޯނުގެ ފައިނޭންޝަލް ކޮސްޓާއެކު ފްލަޓަކަށް އަސްލު ޖެހޭ އަގަކީ 11،000 ރުފިޔާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް