ރާއްޖޭގެ ކަންކަން ރަނގަޅު ކުރުމަށްޓަކާ ލޯކަލް ކައުންސިލް އިންތިހާބުގައި އަދި ވަކިން ހާއްސަކޮށް މާލެ ސަރަހައްދުގެ މޭޔަރު ކަމަށް އެމްޑީޕީއަށް ވޯޓު ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.
އަދި މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީ އިން ކުރިމަތި ލައްވަނީ އެންމެ ކެންޑިޑޭޓެއް ކަމަށާއި އެ ކެންޑިޑޭޓު ހޮވޭނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަސް ވެސް ޖާބިރު ވިދާޅުވިއެވެ.
ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރަކީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު، ވަކިވެ ވަޑައިގެން ޑިއާރުޕީގެ ރައީށް ކަމާއި ހަވާލުވެ ވަޑައިގެންނެވި ބޭފުޅެކެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ރައީސް ކަމަށް ކުރިމަތި ލައްވާނެ ކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.