
ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވި ގޮތުގައި ދިރާގުން މަސައްކަތް ކުރަމުން ދަނީ ވީހާވެސް ގިނަ ބަޔަކަށް ދިރާގު ޓީވީ މެދުވެރިކޮށް ހައި ކޮލިޓީ ޗެނަލްތައް ބަލާލުމުގެ ފުރުސަތު ހޯދައިދިނުމަށެވެ.
ސިނަމާޗީގެ މުޅިން އާ ފިލްމު ޗެނަލް ތަކަކާއެކު ގޯލްޑް ޕެކެއް ދިރާގު ޓީވީއިން ތައާރަފުކޮށްފައި ވާއިރު 100 އަށް ވުރެ ގިނަ ޗެނަލްތައް 450 ރުފިޔާއަށް ލިބޭނެއެވެ. އަދި މި ޗެނަލްތައް ދިރާގުޕްލޭ އެޕްގެ ޕްލޭމޯ ޕެކޭޖު މެދުވެރިކޮށްވެސް ބެލެން ހުންނާނެއެވެ.
އަދި މިހާރު ކުރިއަށްދާ ހާއްސަ ޕޮރޮމޯޝަންގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ.
ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި މައްޝޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ ސްޕޯރޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.
އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %77 ގޭބިސީއަށް މިހާރު ދިރާގުޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.