ads
ފުލުހުން އަތުލައިގަން ސިނގިރޭޓްތައް
ފުލުހުން ފެނުމުން ފިލީ، ބެލިއިރު ދަބަސްތަކުގައި ހުސް ސިނގިރޭޓް
ފުލުހުން ފެނުމުން ބަޔަކު ކަޅު ދަބަސްތަކެއް މަގުމައްޗަށް ދޫކޮށް ފިލައިފިއެވެ.
Advertisement

ފުލުހުން ބުނީ ބޮޑު ރަސްގެފާނުމަގުގައި އޮތް ޕިކަޕެއް ފުލުހުން ފެނުމުން ޕިކަޕެއް ފިލި މައްސަލައެއް ބަލަމުން އަންނަކަމަށެވެ. 

އެ ޕިކަޕް ފިލައިގެން ދިޔައީ މަގުމައްޗަށް ކަޅު ތިން ދަބަހެއް ދޫކޮށްލާފައިކަމަށް ފުލުހުން ބުނެއެވެ.އަދި އެ ދަބަސްތައް ފުލުހުން ބެލިއިރު އޭގައި ހުރީ ގިނަ އަދަދެއްގެ ސިނގިރޭޓްކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ވަގަށް އެތެރެކޮށްފައިވާކަމަށް ބެލެވޭ 221 ސިނިގިރޭޓް ކަޓޫނު އެ ދަބަސްތަކުގެ ތެރެއިން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލައާއި ގުޅިގެން ބިދޭސީ ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އަދި ފުލުހުން ނުދެއެއެވެ.

ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއި އެކު ރާއްޖެއަށް ވަގަށް ވައްދަމުން އަންނަ ސިނގިރޭޓްގެ އަދަދު ވަނީ ގިނަވެފައެވެ. އެގޮތުން  ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޕްލައިވުޑް ޝިޕްމަންޓެއްގައި ފޮރުވައިގެން އެތެރެކުރަން މަސައްކަތް ކުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް މިދިޔަ ހަފްތާގެތެރޭގައި ކަސްޓަމުން ވަނީ އަތުލައިގެންފައެވެ. އޭގެއިތުރުން މިދިޔަ މަހުގެ 20ގައި އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ވައްދަން އުޅުނު އެއް ލައްކައަށް ވުރެ ގިނަ ސިނގިރޭޓް  ވަނީ ކަސްޓަމުން އަތުލައިގެންފައެވެ.

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް