
މިކަން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވަނީ ސީއެންއެމްއަށް ކަށަވަރު ކޮށްދެއްވާފައެވެ.
އެގޮތުން މި މައްސަލައިގައި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި "އިލްތިމާސް" ކުރުމަށް ނިންމާފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.
މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ހައިކޯޓުގައި މި ހަފްތާގެ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ އިރު، އަލީ ވަހީދު ހާޒިރު ނުވިއަސް މައްސަލަ ކުރިއަށް ގެންދާން ޕީޖީ އޮފީހުން އެދުވަހު ކޯޓުގައި އެދިފައިވެއެވެ. ނަމަވެސް އެދުވަހުގެ ޝަރީއަތުގައި ވަނީ، އަލީ ވަހީދު މިހާރު ދިރިއުޅޭ އެޑްރެސް ދައުލަތަށް ނޭނގޭތީ މައްސަލައިގެ ޗިޓު އޭނާއަށް ފޮނުވިފައި ނުވާތީ އެވެ.
މިކަމާ ގުޅިގެން ކޯޓުން ވަނީ އަންގާރަ ދުވަހުގެ 14:00ގެ ކުރިން އަލީ ވަހީދު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ އެޑްރެހެއް ހޯދެވުމަށްފަހު ކޯޓަށް ހުށައެޅުމަށް ޕީޖީ އޮފީހުގެ މައްޗަށް އަމުރު ކޮށްފައެވެ. ނަމަވެސް އަލީ ވަހީދު ދިރިއުޅުއްވާ އެޑްރެސް ސާފު ކުރެވޭގޮތް ނުވުމުން، ހައިކޯޓުން ވަނީ އެމައްސަލަ އެ ކޯޓުން ބޭރުކޮށްލާފައެވެ.
ޝަފީއު ވިދާޅުވީ، ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމީ ހައިކޯޓުގެ މި ނިންމުން ކަމަށެވެ.
ސަރުކާރުގެ ފަރާތުން އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވެއެވެ. އެއީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއެެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އަދި ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އެވެ.
މީގެ އިތުރުން ވެސް ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި، އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ކުރެ އެވެ.