ads
މީރާ--
ރޯދަމަހު މީރާ ހުޅުވާގަޑިތައް އާންމުކޮށްފި
މި އަހަރުގެ ރޯމަ މަހުގައި މީރާއިން ހިދުމަތް ފޯރުކޮށްދޭނެ ގަޑިތައް އާންމުކޮށްފި އެވެ.

އެގޮތުން މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރުން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:05 އިން މެންދުރުފަހު 12:30 އަށް ށެވެ. އަދި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ވެސް މީރާއިން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ މި ގޮތަށް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އެ ދުވަސްތަކުގައި މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރުން ހިދުމަތް ހޯދާ ފަރާތްތަކަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ، މިހާރެކޭ ވެސް އެއްފަދައިން، މީރާގެ މޯބައިލް އެޕްލިކޭޝަން އަދި ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ކަމުގައި މީރާއިން މައުލޫމާތުދެއެވެ. 

އަދި، އޮންލައިކޮށް ނަންބަރު ނުނެންގެވޭ ފަރާތްތަކުން 3020460 އަށް ގުޅުއްވައިގެން ވެސް ނަންބަރު ނެންގެވޭނެ ކަމަށް މީރާއިން ވަނީ ބުނެފަ އެވެ.

މީރާއަށް ބަލައިގަންނަ ހުރިހައި ޓެކްސްތަކާއި ގިނަ ފީތަކަކީ އޮންލައިންކޮށް ވެސް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ފައިސާއެއްކަމުގައި ވާތީ، ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ހާލަތުގައި ރައްކާތެރިވެ ތިބުމުގެ ގޮތުން، މީރާއިން ހިދުމަތް ހޯދުމުގައި އޮންލައިން ހިދުމަތްތައް ހިޔާރުކުރުމަށް މީރާއިން އިލްތިމާސްކުރެއެވެ. 

އެ ހިދުމަތްތަކަކީ ފަސޭހަކަމާއެކު ކޮންމެ ވަގުތެއްގައި ވެސް އެ ސިސްޓަމްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ހިދުމަތްތަކެއްކަމުގައި މީރާއިން ވަނީ ފާހަގަކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް