މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މި އެމްޓީސީސީއާއި ހަވާލުކުރި މި
މަޝްރޫއު އަކީ 16.94 މިލިއަން ރުފިޔާ އަށް، 180 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން، 270 މީޓަރުގެ ބޭރުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުމާއި، 12000 ކޮޑިމީޓަރުގެ ވެލި ގިރާފައިވާ ސަރަހައްދަށް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ހުސައިން މޫސާ އާއި އެމްޓީސީސީގެ ޕްރޮޖެކްޓް ޓީމްގެ އިސްވެރިން، އަދި ފުލިދޫ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.