ޖާންވީ އޭނާގެ ރައްޓެހިންތަކަކާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު އޭނާ ޗުއްޓީ ހޭދަކުރަނީ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓްގައެވެ.
އެ ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށް، ޖާންވީ ބުނީ އިންޑިއާގެ ތަރިންގެ ޗުއްޓީ މަންޒިލަކަށް ރާއްޖެ ވެފައިވާ އިރު އެ ލިސްޓިގައި އެންމެ ފަހުން އޭނާ ވެސް ހިމެނިއްޖެ ކަމަށެވެ. އަދި އެކަމާ ވަރަށް އުފާވާ ކަމަށެވެ.
ފޮޓޯ--ޖާންވީ
ޖާންވީ ވަނީ އޭނާ ޖުމުހޫރީ މޭވާ ބޮޑު ތަށްޓެއް ކަމުންދާ ފޮޓޯ އެއްވެސް ހިއްސާކޮށްފަ އެވެ. އެހެންކަމުން އޭނާއަށް ރާއްޖެއިން އެންމެ ކަމުދިޔައީ އެ މޭވާ ކަމުގައި ގިނަ ބަޔަކު ކޮމެންޓުކޮށްފައި ވެއެވެ.