ads
އަނާރާ އާއި ޑރ. މުއިއްޒު
މުއިއްޒަކީ ކުޅާދާނަ ހިންގުންތެރިއެއް، ގައުމު އެދި ގޮވަނީ އެފަދަ ބޭފުޅުންނަށް: އަނާރާ
ހޮނިހުރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ މޭޔަރުގެ ކަމަށް ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަކީ ކުޅަދާނަ ހިންގުންތެރިއެއް ކަމަށާއި ގަައުމު އެދި ގޮވަނީ އެފަދަ ބޭފުޅުންނަށް ކަމަށް އަދާލަތު ޕާޓީއަށް ނިސްބަތްވާ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
Advertisement

އަނާރާ ކުރެއްވި ޓްވީޓެއްގަައި ވިދާޅުވެފައި ވަނީ މުއިއްޒު އަކީ އަދާލަތު ޕާޓީން ސިޔާސީ މަައިދާނަށް ތައާރަފްވި ކުޅަދާނަ ހިންގުންތެރިއެއް ކަމަށެވެ.

އަދި "ގައުމުއެދި ގޮވަނީ މިފަދަ ބޭފުޅުންނަށް" މުއިއްޒުގެ މިނިސްޓަރު ކަމުގައި މާލޭ ސިޓީގަައި ހިންގި މުހިންމު ދެ މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖް އާއި ކިންގް ސަލްމާން މިސްކިތުގެ ފޮޓޯއެއް ހިއްސާކޮށް އަނާރާ ކުރެެއްވި ޓްވީޓްގަައި ވިދާޅުވެފައިވެއެވެ.

ޑރ.މުއިއްޒު ވަނީ ރައީސް ޑރ. މުހައްމަދު ވަހީދާއި ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަން ކުރައްވާފަ އެވެ. 

މުއިއްޒުގެ މިނިސްޓަރު ކަމުގައި އޭނާ ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެތައްހާސް ފްލެޓެއް އަޅާފަ އެވެ.އަދި މާލެ އާއި ހުޅުލެ ގުޅާލުމަށް އަޅާފައިވާ ސިނަމާލެ ބްރިޖުގެ މަޝްރޫއު އަމަލީ ގޮތުން ހިންގުމުގައި މުއިއްޒަކީ އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅެކެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަނީ ޕީޕީއެމްގެ ފަރާތުން މުއިއްޒާއި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު އެވެ. މީގެ އިތުރުން މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީ ވެސް ގެންދަވަނީ އަމިއްލަ ގޮތުން މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަމުންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް