ads
ރައީސް ޔާމީންގެ މެސެޖް ޒޭން ހުށަހަޅައިދެނީ
މާފުށީ ގޮޅިން ރައީސް ޔާމީންގެ އަސަރުގަދަ މެސެެެޖް އެއް!
އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން މެދުވެރިކޮށް އެމަނިކުފާނުގެ ފަރާތްޕުޅުން ރާއްޖޭގެ ރައްޔިތުންނަށް ހާއްސަ މެސެޖެއް ފޮނުއްވައިފިއެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް މިވަގުތު ވެސް ތަންފީޒް ކުރައްވުމަށް މާފުށީ ޖަލުގައި ހުންނެވި ކުރީގެ ރައީސް ޔާމީންގެ މި މެސެޖު ފަށަމުން ވިދާޅުވެފައިވަނީ، މާފުށީ ޖަލުގެ ކުޑަގޮޅިން ބައްދަލުކުރަނީ ގައުމުގެ ހާލަތާއިމެދު އިންތިހާއަށް ކަންބޮޑުވެ، ދެރަވާ ހާލުގައި ކަމަށެވެ. 

އެޔަށްފަހު ރައީސް ޔާމީންގެ ވިދާޅުވެފައިވަނީ، 2013ވަނަ އަހަރު ރާއްޖޭގެ ޒައާމަތާއި އެމަނުކުފާނު ހަވާލުވެ، ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖަހައިދިނިން ކަމަށާއި ހައްލުނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލްކޮށްގެން ތިބި ގައުމީ މަސްލަހަތާއި ގުޅުންހުރި މައްސަލަތައް ހައްލުކޮށްދިނިން ކަމަށެވެ. އަދ ފުރިހަމަ ސިޔާދަތާއި މިނިވަންކަމުގައި އޮތް ރައްޔިތުން ފަހުރުވެރިވާފަދަ ގައުމަކަށް ރާއްޖެ ހަދައިދިނިންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަންކަމުގެ ނަތީޖާއަކަަށްވީ ވާދަވެރި ސިޔާސީ ފަރާތްތަކާއި އެބޭފުޅުންނަށް ވާދަވެރިވާ ބޭރުގެ ބަޔަކާއި ގުޅިގެން އެމަނިކުފާނު ޖަލަށްލުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

"އެކަންކަމުގެ ނަތީޖާއަކަަށްވީ ވާދަވެރި ސިޔާސީ ފަރާތްތަކާއި އެބޭފުޅުންނަށް ވާދަވެރިވާ ބޭރުގެ ބަޔަކާއި ގުޅިގެން އަޅުގަނޑު ޖަލަށް ލުމެވެ. ބަވަނަ ވެފައިވާ ދުނިޔެއެއްގައި ކުޑަ ޖަޒީރާ ގައުމެއްގައި ހަމަ އިސްކޮޅަށް ތެދުވެވޭނީ ވަރަށް ސާބިތުކަމާއިއެކު ނިކުމެގެންކަން އަޅުގަނޑު އެންމެ ފުރަތަމަ ދުވަހުވެސް ގަބޫލުކުރީމެވެ. އެ ދަތުރަކީ ފަސޭހަ ދަތުރަކަށް ނުވާނެކަން ހިތާ ނަފްސުން ގަބޫލްކޮށްގެނެވެ. ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިންކަަމަށް ދެކިގެނެވެ. ބޮޑެތި ނުފޫޒުތަކުގެ އަޅުވެތިކުރުން ފަލްސަފާ އާއި ދެކޮޅުވެގެންނެވެ. ޕީޕީއެމް ފީއެންސީ ފިކުރަކީ އެއީއެވެ. މިއީ ގައުމީ ފިކުރެވެ. މި ފިކުރުގެ ރައްޔިތުން ލޭ ހިނގާހާ ހިދަކު މިގައުމަށް ވާނެ ގޮތެއްވާން ދޫކޮށް ނުލާނެކަން އަޅުގަނޑަށް ޔަގީނެވެ." ރައީސް ޔާމީންގެ މެސެޖެގައި ވެއެވެ.

ރައީސް ޔާމިން ވިދާޅުވީ ރައްޔިތުންނާއި ދުރުުގައި އެކަހެރިކޮށް ޖަލެއްގައި އެމަނިކުފާނު ބަންދުކޮށްގެން މި ސަރުކާރުން ގެންގުޅެމުންދަނީ ޕީޕީއެމް ޕީއެންސީގެ ފިކުރު ދެކެ ބިރުންކަމަށާއި، ހިތަވަރު ބަލިކޮށްލެވޭނެ ކަމަށް ހީކޮށްގެން ކަމަށެެވެ. އެހެންނަަމަވެސް އެމަނިކުފާނަކީ އެފަދަ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއް ނޫން ކަމަށާއި، އަމިއްލަ ހިތްހަމަޖެހުމާއި އުފަލަށްވުރެ އެމަނިކުފާނު އަބަދުވެސް އިސްކުރާނީ ދިވެހި ރައްޔިތުންގެ މަސްލަހަތާއި މިނިވަންކަމަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ތިޔަ ލޮބުވެތި ރައްޔިތުންނާއި ދުރުގަ މާ އެކަހެރި ތަނެއްގަ އަޅުގަނޑު ފޮރުވައިގެން މިގެންގުޅެނީ އެބޭފުޅުން މި ފިކުރުދެކެ ބިރުންނެވެ. އަޅުގަނޑުމެންގެ ހިތްވަރު ބަލިކޮށްލެވިދާނެ ކަމަށެވެ. އަޅުގަނޑުމެން އަމާން ދީފާނެކަމުގެ ފިޑި ހިޔާލުގައެވެ. އެހެންނަަމަވެސް އަޅުގަނޑަކީ މިފަދަ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއް ނޫނެވެ. އަޅުގަނޑުގެ އަމިއްލަ ހިތްހަމަޖެހުމާއި އުފަލަށްވުރެ އަޅުގަނޑު އިސްކުރާނީ ދިވެހި ރައްޔިތުންގެ މަސްލަހަތެވެ. އަޅުގަނޑަށް މުހިންމީ ދިވެހި ރައްޔިތުންގެ މިނިވަންކަމެވެ. މިގައުމުގެ އިސްތިގުލާލެވެ. ރައީސް ޔާމީންގެ މެސެޖެގައި ވެއެވެ.

އަދި އެމަނިކުފާނު ވިދާޅުވީ ބޭރު މީހުން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށްވަދެ ގޮތް ކިޔާގެން ނުވާނެ ކަމަށާއި އެކަމަށް ފާރަވެރިވާން ޖެހޭނެ ކަމަށެވެ. 

މީގެ އިތުރުން އެމަނިކުފާނު ވަނީ އެމަނިކުފާނު ކުށެއް ނުކުރަން ކަމަށް ސާބިތުކަމާއިއެކު ވިދާޅުވެފައެވެ. އަދި އަނިޔާކޮށް ކުޑަގޮޅިއަށް ލާގެން އުޅެނީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެކަން އިގޭތީ ކަމަަށް ވިދާޅުވިއެވެ. 

"އަޅުގަނޑު ކުށެއް ނުކުރަމެވެ. އަޅުގަނޑުގެ ޒަމީރު މިކަމުގައި ވަރަށް ސާފެއެވެ. އަޅުގަނޑަށް އަނިޔާކޮށް ކުޑަގޮޅިއަށް ލާގެން މިއުޅެނީ ކުށެއް ކޮށްގެނެއް ނޫނެެވެ. ނުހައްގުން ޖަލުގައި އިންސާފެއްނެތި ޖަލުގަ އަޅުގަނޑު ބަހައްޓައިގެން މިއުޅެނީ ތިޔަ ލޮބުވެތި ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ވަކާލާތު ކުރާނެކަން އިގޭތީއެވެ. ހަގީގީ އނިޔާއަކީ މިއެވެ. މާތް ﷲގެ ވާގިފުޅާއިއެކު ޖަލުން މިނިވަންވެ ތިޔަ ލޮބުވެތި އަހުންނާއި އުހުތުންނާއި ބައްދަލުކުރާނީ މައުސޫމް މީހެއްގެ ގޮތުގައެވެ. އަޅުގަނޑުގެ އިހްލާސްތެރި އެދުމަކީ ގައުމީ އަދި ވަތަނީ ރުކުންތަކުގައި ސާބިތު ކަމާއިއެކު ތިއްބަވާ އަޅުގަނޑުމެންގެ ބަދަހި ލަޝްކަރު ކުރިއަށްލުމެވެ" ރައީސް ޔާމީންގެ މެސެޖެގައި ވެއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު އެދޭ ރަންޒަމާން ގައުމަށް ހޯދައިދިނުމަށް ކުރެވުނު ދަތުރުގައި ޖެހުނީ ކުޑަކުޑަ މަޑުޖެހުމެއް ކަމަށާއި އެ ދަތުރު މާތްﷲގެ ވާގިފުޅާއިއެކު އަލުން ފަށާ އުފާވެރި ހަޔާތެއްގެ ދަންމަރު އަލުން ރޯކޮށް ނަފާވެެރިކަން މި ޖީލަށް އަލުން ގެނެސްދޭނީ މިފިކުރުން ކަމަށެެވެ.

މި މެސެޖް ނިންމާލަމުން ރައީސް ޔާމީން ވަނީ ހުރިހާ ބޭފުޅުންވެސް ހިތްވަރު ކުރައްވާ ގަދައަޅާ މަސައްކަތް ކުރަރެއްވުމަށް އެދިފައެވެ. އެމަނިކުފާނު ވިދާޅުވީ އެބުރި އަންނާނީ ބަދަހި ކޮށް ކަމަށެވެ. 

މީގެ އިތުރުން ބޯމަތިވެފައިވާ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކޯލިޝަންގެ ހުރިހާ ބޭފުޅުން ކުރައްވާ މަސައްކަތައް ޝުކުރުވެރިވާ ހާލު ކާމިޔާބު މެދުވެރިކުރެއްވުމަށް އެމަނިކުފާނު ވަނީ ދުއާ ކުރައްވާފައެވެ. އަދި ބަރަކާތެރި ރަމްޝާން މަހުގެ ތަހްނިޔާވެސް ވަނީ އަރިސްކޮށްފައެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވާކަމަށް ނިންމާ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. 

އެ މައްސަލައިގައި އެމަނިކުފާނު ޖަލު ހުކުމް ފުރިހަމަ ކުރައްވަމުން ގެންދަވާއިރު، އިތުރަށް އެ މައްސަލާގައި ތުހުމަތުކުރެވޭ އަދީބާއި، ޒިޔަތުއަށް ވަނީ ދައުލަތާއި އެއްބަސްވުން ހަދާ އަދަބު ލުއިކޮށް ހުކުމްކޮށްފައެވެ.

އަދަބު ލުއިކުރި ނަމަވެސް ވަކި މުއްދަތެއްގެ ޖަލު ހުކުމެއް މި ދެބޭފުޅުން ވެސް ފުރިހަމަކުރަން ޖެހުނު ނަމަވެސް އޭގެފަހުން މި ދެބޭފުޅުން ވަނީ ސިއްހީ ސަބަބުތަކަށް ކަމަށްބުނެ ގެއަށް ބަދަލުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް