ads
ރާނީ އާއި ފިލިޕް
ރާނީގެ ފިރިކަލުން އަވަހާރަވެއްޖެ
އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެއެވެ.

ފިިލިޕް އަވަހާރަވުމުގެ ގެ ކުރިން ވަނީ އާލާސްކަންފުޅާ ވަރަށް ގިނަ ދުވަހު އުޅުއްވާއެވެ. އަވަހާރަވި އިރު އުމުރު ފުޅަކީ 99 އަހަރެވެ. 

އުމުރުން 99 އަހަރުގެ ފިލިޕްގެ ހާލުކޮޅު ގޯސްވުމުގެ ސަބަބުން އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނީ ފެބްރުއަރީ 16ގައި، ކިންގް އެޑްވާޑް ދަ ސެވެންތް ހަސްފަތާލުގައެވެ.

ހިތުގެ ބައްޔާއި ގުޅޭ ޓެސްޓުތަކެއް ހެދުމަށް، ކާޑިއެކް ކެއާ އަށް ހާއްސަ ހޮސްޕިޓަލެއްކަމަށްވާ ސެއިންޓް ބާތޮލޮމިއު ހޮސްޕިޓަލަށް ފިލިޕް ވަނީ ބަދަލުކޮށްފައެވެ.   

އަވަހާރަވީ މިއަދު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. 

ޖެނުއަރީ މަހު ބަކިންހަމް ޕެލަސް ގަނޑުވަރުން ވަނީ ޕްރިންސް ފިލިޕާއި ރާނީ އެލިޒަބެތަށް ކޮވިޑް ވެކްސިން ޖެއްސެވިކަން އިއުލާނުކުރައްވާފައެވެ. ކޮވިޑްގެ ސަބަބުން އިނގިރޭސިވިލާތް ލޮކްޑައުން ކޮށްފައިވާއިރު ދެ ބޭފުޅުން ލޮކްޑައުން ހާލަތުގައި ތިއްބަވަމުންދަނީ މަދު ސްޓާފުންކޮޅަކާއެކު ވިންޑްސޮ ކާސުލްގައެވެ.

43%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް