ads
ފޮޓޯ---
މުއިއްޒު ވޯޓު ލައްވައިފި
ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވޯޓުލައިފި އެވެ.

ޑރ.މުއިއްޒު ވޯޓު ލައްވައިފިކަން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ސީއެންއެމް އަށް ކަޝަވަރުކޮށްދެއްވާފަ އެވެ.

ޑރ.މުއިއްޒު ވޯޓުލެއްވީ ފެކަލްޓީ އޮފް ހެލްތު އެންޑް ސައިންސްގައި ހުރި ވޯޓު ފޮށްޓަކަށް ހެނދުނު 08:07 ހާއިރުއެވެ. 

މި އިންތިހާބުގައި އެމްޑީޕީން، 826 ކެންޑިޑޭޓުން ޕީޕީއެމްއިން 647 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން،  އަދާލަތު ޕާޓީން  28 ކެންޑިޑޭޓުން، އެމްޑީއޭ އިން 20 ކެންޑިޑޭޓުން، އެމްއާރްއެމް - 15 ކެންޑިޑޭޓުން، އެމްއެލްއެސްޑީޕީ  4 ކެންޑިޑޭޓުން އަދި ޑީއާރުޕީ  1 ކެންޑިޑޭޓް ވާދަކުރާނެއެވެ. 

އަމިއްލަ ގޮތުން  609 ކެންޑިޑޭޓަކު ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް