ads
މާފުށި
މާފުށި ކައިރީގައި އަޅާފައިވާ ސަފާރީތައް ނަގަން އަންގައިފި
ކ. މާފުށި ކައިރީގައި އަޅާފައިވާ ސަފާރީތައް ނެގުމަށް މާފަށު ކައުންސިލުން ނޯޓިސް ދީފި އެވެ.
ކ. މާފުށި ކައިރީގައި އަޅާފައިވާ ސަފާރީތައް ނެގުމަށް މާފަށު ކައުންސިލުން ނޯޓިސް ދީފި އެވެ.

މާފުށި ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެން މާފުށި ކައުންސިލްގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތައް އިހުތިސޯސް އިން ބޭރަށް ގެންދިޔުމަށް އަންގާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ރަށު ކައުންސިލްގެ އިހުތިސޯސް އަކީ އެ ރަށެއްގެ އުރަފަތުން ފެށިގެން 700 މީޓަރެވެ.

ސަފާރީތައް ނަގަން ފުރުސަތު ދީފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

މާފަށު ކައުންސިލް އިދާރާއިން ބުނީ މިމުއްދަތުގެ ތެރޭގައި ސަފާރީތައް ނުނަގައިފިނަމަ ކައުންސިލުން ސަފާރީތައް ނަގައި އެތަކެތި ނައްތާލާނެ ކަމަށާއި ނުވަތަ ނީލަމުގައި ވިއްކާލާނެ ކަމަށެވެ.

ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި އޮތް ސަފާރީއެއް ނެގުމުގެ ތެރޭގައި ލިބޭ ގެއްލުމަކަށް ޒިންމާނުވާނެ ކަމަށްވެސް މާފުށި ކައުންސިލުން އިދާރާއިން ވަނީ ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް