ads
ރައީސް ޔާމީން-- ފޮޓޯ: އަވަސް އޮންލައިން
ރައީސް ޔާމިން އަށް ވޯޓުލާނެ ފުރުސަތެއް ނުދިން: ޖަމީލް
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުނުލެވިވަނީ، ސަރުކާރުން އެ ފުރުސަތު ފަހި ނުކޮށްދެއްވާތީ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދް ވިދާޅުވެއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޔާމީން އަކީ ބަންދެއްގަައި ބަހައްޓަވައިގެން ފޮރުވައިގެން އުޅޭ މީހަކަށްވާއިރު އެމަނިކުފާނު އިންތިހާބަކަށް ވޯޓުލާން ރަޖިސްޓްރީކުުރުވުމަކީ ސަރުކާރުން ކުރައްވާންޖެހޭނެ ކަމެއް ކަމަށާއި އެކަން ނުކުރައްވާ ވޯޓުލުމުގެ ހައްގު ނިގުޅައިގެންފައިވަނީ ސަރުކާރުން ކަމަށެވެ. 

އަދި އެއީ ސީދާ އެމަނިކުފާނުގެ ވޯޓުލުުމުގެ ހައްގަށް ހުރަސް އެޅުއްވުންކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

މި އިންތިހާބުގައި ރައީސް ޔާމީން ވޯޓުލައްވަން ރަޖިސްޓްރީވެވަޑައި ނުގަންނަވާކަމަށާއި ޑރ. މުއިއްޒަށް ވޯޓުނުލައްވާނެ ކަމަށް އަޑުތައް ފެތުރިފައިވެއެވެ. 

އެމަނިިކުފާނު ވޯޓުލުުމުގެ ހައްގު ލިބިފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ 1 ނަންބަރު ވޯޓު ފޮއްޓަށް ކަމަށާއި މާފުށީ ޖަލަށް ވޯޓުލާ މީހުންގެ ލިސްޓުގައި އެމަނިކުފާނުގެ ނަންފުޅު ނެތްކަމަށް ވެސް އަޑުތައް ވަނީ ފެތުރިފައެވެ. 

އެކަމާއި ގުޅިގެން ސުވާލު ދެއްނެވުމުން ޑރ. ޖަމީލް ވިދާޅުވީ، ޖަލުގައި ހުންނަ މީހަކު ރަޖިސްޓްރީ ކުރުވުމާއި އެމީހަކު ވޯޓުލާތަނަކަށް ގެނެއުމަކީ ވެސް ޖަލުތަކާއި ހަވާލުވެގެން އޮންނަ މުވައްސަސާގެ ފަރާތުން ކުރާންޖެހޭނެ ކަމެއް ކަމަށާއި އެ ފުރުސަތު ސަރުކާރުގެ ފަރާތުން އަދި މިހާތަނަށް ފަހި ކޮށްދީފައި ނުވާ ކަމަށެވެ. 

"ކޮންމެ މީހަކަށް ވެސް އެގޭނެ ދެއްތޯ ވޯޓުލުމުގެ ހައްގަކީ ލިބިދެންޖެހޭ ހައްގެއްކަން. އެހެންވީމަ ރައީސް ޔާމީންއަކީ މި ސަރުކާރުން ޖަލުގައި ބަހައްޓައިގެން އަނިޔާކުރާ މީހެއްކަމަށްވާއިރު އެ ފުރުސަތު ފަހިކޮށްދެންޖެހޭނީ އެ ފަރާތްތަކުން ނޫންތޯ. ރައީސް ޔާމީން އަށް އެ ހައްގު ލިބުމަށް ހުރަސް އަޅަންވެގެން އެކަންކަން ހަމަނުޖައްސަދީ ވަނީ ސަރުކާރުން. އެ ހައްގު ނުދީ ބަހައްޓާގެން އެ މީހުން ފަތުރާ ވާހަކަތަކެއް ތީ. އަދި ރައީސް ޔާމީންއަށް އެ ފުރުސަތު ފަހިކޮށްދީފައެއް ނުވޭ " ޑރ. ޖަމީލް ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީ ގެ މޭޔަރު ކަމަށް ވާދަ ކުރައްވާޕީޕީއެމް ގެ ނާއިބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ނުލައްވަން ރައީސް ޔާމީން ނިންމަވައިފި ކަމަށް ބުނެ ފަތުރާ ވާހަކަތަަކަކީވެސް ހަގީގަތާއި ހިލާފު ދޮގު ހަބަރެއް ކަމުގައި އެ ޕާޓީއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

އެފަދަ ގޮތަކަށް އަމަލު ކުރައްވަން ރައީސް ޔާމީން ނިންމަވާފައި ނުވާ ކަމުގެ ކަށަވަރުކަން ރައީސް ޔާމީންގެ ލޯޔަރުން ގެ ޓީމުން ވެސް ވަނީ އެޕާޓީއަށް ދީފައި ކަމަށާއި، ޑރ މުއިއްޒު އެކޭ އެއްފަދައިން މިފަހަރުގެ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަށްވެސް ރައީސް ޔާމީން ގެ ފުރިހަމަ ތާއީދާއި އިތުބާރު އޮތް ކަމުގެ ކަށަވަރުކަން އެމަނިކުފާނުގެ ލޯޔަރުންގެ ޓީމުންނާއި އެ ކޯލިޝަންގެ ލީޑާޝިޕްގެ ފަރާތުން ދޭ ކަމުގައި ވެސް ބުނެފައި ވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް