އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މިހާރު ރާއްޖެއިން 100،829 މީހުން ވަނީ ވޯޓު ލާފައި ކަމަށެވެ. އެއީ 53،689 ފިރިހެނުންނާއި 47،140 އަންހެނުން ކަމަށެވެ.
އަދި ރާއްޖޭގައި 713 ފޮށްޓަކަށް ވޯޓުލަން ހަމަޖެހިފައިވާއިރުގައި ހުރިހާ ފޮށްޓެއްގައިވެސް ވޯޓުލުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 273،128 މީހުންނަށް ކަމަށްވާއިރުގައި މިއަދު ވޯޓުލުން ހުޅުވާލާފައިވަނީ ހެނދުނު 7:00 ގަ އެވެ.