ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 273،128 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެން ވެއެވެ.
އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިހާބު ފަސްކުރުމުން، މި އަހަރުގެ ތެރޭގައި 18 އަހަރު ފުރޭ މީހުންނެވެ.
އީސީން އެންމެ ފަހުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޖުމްލަ 138،444 މީހަކުވަނީ ވޯޓު ލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 71،304 ފިރިހެނެނުންނާއި، 67،139 އަންހެނުންނެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބުގައި، 2،264 އަދި އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރާ 1،670 ކެންޑިޑޭޓުން ވާދަކުރެއެވެ.