ވޯޓުލާން ނުކުމެފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 63 ޕަސަންޓު މީހުންނެވެ.
ބައެއް ފޮށިތަކުގައި މިރޭ 21:50 ވަންދެން ވޯޓުލުން ކުރިއަށް ގެންދިއުމަށް އީސީން ވަނީ ނިންމާފައެވެ. އެއީ ލަހުން ވޯޓުލާން ފެށި ފޮށިތަކެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބުގައި، 2،264 އަދި އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރާ 1،670 ކެންޑިޑޭޓުން ވާދަކުރެއެވެ.
މި އިންތިހާބުގައި ދެލައްކައަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ އީސީން ވަނީ ބުނެފައެވެ. އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ނިޔަލަށް 18 އަހަރު ފުރިގެން ވޯޓުލުމުގެ ހައްގު 5134 މީހުންނަށް ލިބިފައިވާއިރު، އެ އިންތިހާބުގައި ޖުމްލަ 273128 މީހުންނަށް ވަނީ ވޯޓު ލުމުގެ ހައްގު ލިބިފައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ޗާޕުކޮށްފައިވަނީ 222،324 ވޯޓު ކަރުދާހެވެ.