ads
ލަވައިގެ މަންޒަރެއް
މަރްޖާވާންގެ ހަތަރުވަނަ ލަވައަށް ވެސް ބޮޑު ތަރުހީބެއް
ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެއް ކަމަށްވާ "މަރްޖާވާން"ގެ ހަތަރު ވަނަ ލަވައަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެއް ކަމަށްވާ "މަރްޖާވާން"ގެ ހަތަރުވަނަ ލަވައަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ފިލްމުގެ ހަތަރު ވަނަ ލަވައަށް ކިޔަނީ "ހައްޔާ ހޯ" އެވެ.

ރަކުލް ޕްރީތު ސިންގް އާއި ސިދާތު މަލްހޯތުރާ ފެނިގެންދާ މިލަވަ އަކީ 1988 ވަނަ އަހަރު ނެރުނު ފިލްމު "ދަޔާވަން"ގެ ލަވައެއްގެ ރިމޭކެކެވެ.

އިއްޔެ ނެރުނު މިލަވަ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ މި ލަވައަށް ލިބިފަ އެވެ.


ފިލްމުގެ ފުރަތަމަ އާއި ދެވަނަ އަދި ތިންވަނަ ލަވައަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ފުރަތަމަ ލަވައިގައި ތާރާ ސުތަރިޔާ އާއި ސިދާތު ފެނިގެންދިޔައިރު ދެވަނަ ލަވައިގެ ފެނިގެން ދިޔައީ ނޯރާ ފަތޭހީ އާއި ސިދާތު އެވެ. ތިން ވަނަ ލަވައިން ފެނިގެންދިޔައީ ސިދާތު އާއި ތާރާ އެވެ.

ފިލްމުގައި ލީޑު ރޯލުން ސިދާތު އާއި ތާރާ ފެނިގެންދާއިރު ވިލަން އެއްގެ ރޯލުން ފިލްމުގައި ފެނިގެންދަނީ ރިތޭޝް ދޭޝްމުކް އެވެ. ފިލްމުގައި އޭނާ ފެނިގެންދަނީ ޑުވާފް (ކުރު މީހެއް)ގެ ރޯލުންނެވެ.

މިލިޕް މިލަން ޒަވޭރީ ޑައިރެކްޓުކުރާ މިފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް