ވަގުތީ ނަތީޖާއަށް ފަހު އަނަސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭ ރައްޔިތުން އެމީހުން ދެކޭގޮތް ހާމަކޮށްފި ކަމަށެވެ. އަދި މި އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށް އަނަސް ވިދާޅުވިއެވެ.
އަނަސް ވަނީ މުއިއްޒުއަށް ލިބުނު ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ. އަދި މި ނަތީޖާއަށް ބަލާ، މާލޭ ރައްޔިތުންގެ ރުހުން ހޯދުމަށް އެމްޑީޕީއަށް ކުރެވެން ހުރި ކަންކަން ބަލާ، މިހާރު މަސައްކަތް ކުރަމުން އަންނަ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް އަނަސް ވިދާޅުވިއެވެ.
މީގެ އިތުރުން އަނަސްއަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް އަނަސް ޝުކުރު އަދާ ކުރެއްވިއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ވޯޓުލީ މީހުންގެ 61 އިންސައްތަ ވޯޓާއެކު މުއިއްޒުއަށް ވަނީ މާލެ ސިޓީގެ މޭޔަރުކަން ކަށަވަރުވެފައެވެ.