ads
ދިރާގު ޓީވީގެ ހިދުމަތް މަޑުއްވަރީއަށް!
ދިރާގުން ފޯރުކޮށްދެމުން އަންނަ ދިރާގު ޓީވީގެ ހިދުމަތް ރ. މަޑުއްވަރީގައި ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

މި ހިދުމަތް މަޑުއްވަރީގައި އިފްތިތާހު ކުރީ، ދިރާގު ޓީވީއަށް ގުޅާލުމަށް ރަނުގެ ފުރުސަތެއް ހުޅުވާލާފައިވާ ދަނޑިވަޅެއްގައި ކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން ދިރާގުން މިހާރު ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސްވެސް (ޑީކޯޑަރު) މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. 

ދިރާގުގެ މި ހާއްސަ ޕްރޮމޯޝަން ކުރިއަށް ދާނީ 31 މޭ 2021 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ދިރާގުން ބުނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން، ދިރާގު ޓީވީއަށް މިހާރު އެޕްލައި ކޮށްގެން ދިރާގުން އަލަށް ތައާރަފު ކުރި ގޯލްޑް ޕެކޭޖްގެ ހުރިހާ ޗެނަލްތައްވެސް ބަލާލެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. ދިރާގު ޓީވީގެ ގޯލް ޕެކޭޖުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭއިރު، މީގެ ތެރޭގައި މުޅިން އަލަށް ތައާރަފުކުރި ސިނަމާޗީގެ ޗެނަލްތައް އެންމެ 450 ރުފިޔާ އަށް ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ. 

ދިރާގު ޓީވީއަށް އަލަށް ތައާރަފުކުރި ޗެނަލް ތަކުގެ ތެރޭގައި، ސިނަމާޗީ އެކްޝަން، ސިނަމާޗީ ރޮމޭންސް، ސިނަމާޗީ ކޮމެޑީ، ސިނަމާޗީ ޑްރާމާ އަދި ސިނަމާޗި ކްރައިމް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން މިޗެނަލްތައް ދިރާގު ޓީވީގެ ގޯލްޑް ޕެކްގެ އިތުރުން ދިރާގު ޕްލޭ އެޕްގެ ޕްލޭ މޯ ޕެކޭޖުން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

މި އާ އޮފާތަކާ އިތުރު ޗެނަލްތައް ދިރާގު ޓީވީއަށް ތައާރަފުކޮށްފައިވާ މި ދަނޑިވަޅުގައި މަޑުއްވަރީގައި ދިރާގު ޓީވީގެ ހިދުމަތް ތައާރަފު ކުރެވުމުން، މަޑުއްވަރީގައި ދިރިއުޅޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމެއެ ގެނެސްދީ، ދިރާގު ޓީވީ މެދުވެރިކޮށް މުނިފޫހިފިލުވުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭގެންދާނެކަމަށް އުންމީދު ކުރާކަމަށް ދިރާގުގެ އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވިއެވެ.

ދިރާގު ޓީވީގެ ޒަރިއްޔާއިން ބެލުންތެރިންނަށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ. 

އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ ސްޕޯރޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯކް، ސްޓާ ގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް