ads
މީގެ ކުރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ ---
މިޑްޓާމް އިލެކްޝަނެއްގައި އެއްވެސް ސަރުކާރަކަށް މިވަރުގެ ކާމިޔާބީއެއް ނުލިބޭ
މިޑްޓާމް އިލެކްޝަނެއްގައި މީގެ ކުރިން އައި އެއްވެސް ސަރުކާރަކަށް އެމްޑީޕީން ހޯދި ވަރުގެ ކާމިޔާބީއެއް ނުލިބޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިހާތަނަށް އައިއިރު ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު އެމްޑީޕީއަށް ކައުންސިލް އިންތިހާބުގައި %43 ގޮނޑި ކާމިޔާބު ކުރެވިފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ. 

އެގޮތުން މިހާތަނަށް %92 ވޯޓު ގުނާފައިވާއިރު، ވޯޓުގެ %49 ވޯޓު އެމްޑީޕީޢަށް ކާޟިޔާބު ކުރެވިފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި މިޑްޓާމް އިލެކްޝަނެއްގައި މިހާތަނަށް އެއްވެސް ސަރުކާރަކަށް މިވަރުގެ ކާމިޔާބީއެއް ނުލިބޭކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. 

"އަޅުގަނޑު ހިތުން މިޑްޓާމް އިލެކްޝަނެއްގައި މިވަރުގެ ކާމިޔާބެއް އަދި މިހާތަނަށް އެއްވެސް ސަރުކާރަކަށް ހާސިލު ކުރެވިފައެއް ނެތް. އެހެންވީމާ މިޑްޓާމް އިލެކްޝަނެއްގައި މި ލިބުނު ކާމިޔާބު ފާހަގަ ކުރުމާއެކުގައި އަޅުގަނޑު މިދެންނެވި ކަންބޮޑުވުންތަކާއެކީގައި ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކަންތައްތައް ކުރުމަށް އަޅުގަނޑުމެން ކުރަން ޖެހޭ ކަންތައްތައް ކުރަމުން ގެންދާނެ ވާހަކަ މި ފުރުސަތުގައި ދަންނަވަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މި އިންތިހާބުގައި މަސައްކަތް ކުރެއްވި އިލެކްޝަން ކޮމިޝަނުގެ ކޮމިޝަނަރުންނަށާއި މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ. އަދި ކޮވިޑްގެ މިހާލަތުގައި ދިމާވެފައިވާ ގޮންޖެހުން ތަކާއެކުވެސް މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ އިންތިޒާމް ރޭވުމުގައި އީސީން ކުރި ބުރަ މަސައްކަތް ފާހަގަކޮށް ސަރުކާރައި އެންމެންގެ ނަމުގައި ރައީސް ޝުކުރު އަދާ ކުރެއްވި އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް