އީސީގެ ރައީސް: ޝަރީފް
ވަގުތީ ނަތީޖާތަށް އިއުލާނުކުރުން މިރޭ އޮންނާނެ: އީސީ
Share
2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާނު ކުރަަން ފެށޭވަރު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
Advertisement

އެ ކޮމިޝަންގެ ނައިބު ރައީސް ސީއެންއެމް އަށް ވިދާޅުވީ މިހާރު ހުރިހާ ވޯޓު ފޮށިތަކެއް ވަނީ ގުނާ ނިމިފައި ކަމަށެވެ. ނަމަވެސް ބައެއް ވޯޓުފޮށިތަކުގައި ޖުމްލަ އަދަދާ ގުނާފައިވާ އަދަދާ ދިމާ ނުވާ މައްސަލައާ ރޖިސްޓަރީވެފައިވާ މީހުންގެ އަދަދާ ވޯޓުލާފައިވާ މީހުންގެ އަދަދު ދިމާނުވުމް ކަހަލަ މައްސަލަތައް ވަނީ ފާހަގަ ވެފައި ކަމަށެވެ.

އެހެންކަމުން އެ ފޮށިތައް އަލުން ގުނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ހަބީބް ވިދާޅުވި އެވެ.

މިރޭގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާނު ކުރެވޭވަރު ވާނެ ކަމަށާއި ނަތީޖާ ހާމަކުރާނީ ހުރިހާ ދާއިރާއެއް އެކޮށްކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައި ވަނީ 713 ފޮއްޓެކެވެ.

އަދި އިންތިހާބުގައި އެމްޑީޕީން، 826 ކެންޑިޑޭޓުން ޕީޕީއެމްއިން 647 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން،  އަދާލަތު ޕާޓީން  28 ކެންޑިޑޭޓުން، އެމްޑީއޭ އިން 20 ކެންޑިޑޭޓުން، އެމްއާރްއެމް އިން 15 ކެންޑިޑޭޓުން، އެމްއެލްއެސްޑީޕީ އިން 4 ކެންޑިޑޭޓުން އަދި ޑީއާރުޕީ އިން 1 ކެންޑިޑޭޓް ވާދަކުރި އެެވެ. އަމިއްލަ ގޮތުން  609 ކެންޑިޑޭޓަކު ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް