ads
ފޮޓޯ އީސީ:-
ހުރިހާ ފޮއްޓެއް ގުނާ ނިމިއްޖެ:އީސީ
ހުރިހާ ފޮއްޓެއް ވަނީ ގުނާ ނިމިފައި ކަމަށާއި ނަމަވެސް ބައެއް ފޮށިތަކުގެ އަދަދުތައް ދިމާ ނުވާ ޝަކުވާ ފެންމަތިވެފައި ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް ސީއެންއެމް އަށް ވިދާޅުވީ މިހާރު ހުރިހާ ވޯޓު ފޮށިތަކެއް ވަނީ ގުނާ ނިމިފައި ކަމަށެވެ. ނަމަވެސް ބައެއް ވޯޓުފޮށިތަކުގައި ޖުމްލަ އަދަދާ ގުނާފައިވާ އަދަދާ ދިމާ ނުވާ މައްސަލައާ ރޖިސްޓަރީވެފައިވާ މީހުންގެ އަދަދާ ވޯޓުލާފައިވާ މީހުންގެ އަދަދު ދިމާނުވުމް ކަހަލަ މައްސަލަތައް ވަނީ ފާހަގަ ވެފައި ކަމަށެވެ.

އެހެންކަމުން އެ ފޮށިތައް އަލުން ގުނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ހަބީބް ވިދާޅުވި އެވެ.

މިރޭގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާނު ކުރެވޭވަރު ވާނެ ކަމަށާއި ނަތީޖާ ހާމަކުރާނީ ހުރިހާ ދާއިރާއެއް އެކޮށްކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައި ވަނީ 713 ފޮއްޓެކެވެ.

އަދި އިންތިހާބުގައި އެމްޑީޕީން، 826 ކެންޑިޑޭޓުން ޕީޕީއެމްއިން 647 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން،  އަދާލަތު ޕާޓީން  28 ކެންޑިޑޭޓުން، އެމްޑީއޭ އިން 20 ކެންޑިޑޭޓުން، އެމްއާރްއެމް އިން 15 ކެންޑިޑޭޓުން، އެމްއެލްއެސްޑީޕީ އިން 4 ކެންޑިޑޭޓުން އަދި ޑީއާރުޕީ އިން 1 ކެންޑިޑޭޓް ވާދަކުރި އެެވެ. އަމިއްލަ ގޮތުން  609 ކެންޑިޑޭޓަކު ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް