ads
ފޮޓޯ--ސީއެންއެމް
ރާއްޖޭގައި ހައްދާ ތަކެތި ހެޔޮ އަގެއްގައި އެސްޓޯއިން ލިބޭނެ :އަމްރު
އެގްރިސެންޓާގެ ބޭނުމަކީ ރާއްޖޭގައި ހައްދާ އެއްޗެހި ރަނގަޅު އަގެއް ލިބޭނެ ކަމުގެ ޔަގީންކަން ދިނުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު މިހެން ވިދާޅުވެފައި ވަނީ މިރޭ ދަނޑުވެރިން ހައްދާ ތަކެތި ގަންނަން އެސްޓީއޯ އިން "އެގްރިސެންޓާ" ގެ ނަމުގައި ސެންޓަރެއް ހުޅުވާދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

އަމްރު ވިދާޅުވީ މިއީ ރާއްޖޭގެ ދަނޑުވެރިންނަށް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ ވިޔަފާރި ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށް ހުޅުވި ސެންޓަރެއް ކަމަށާއި އެ ސެންޓަރު މެދުވެރިކޮށް، ދަނޑުވެރިންނަށް ހަމަ އަގުގައި ތަކެތި ވިއްކޭނެ ކަމަށެވެ.

your imageފޮޓޯ--ސީއެންއެމް

ވިޔަފާރިއެއްގެ ގޮތުގައި ދަނޑު ހައްދާ ކަމަށް ވަންޏާ ހިސާބެއް ޖެހެން ޖެހޭނެކަން ފާހަގަކުރަމުން އަމްރު ވިދާޅުވީ އެ ސެންޓަރުގެ ބޭނުމަކީ ރާއްޖޭގައި ހައްދާ އެއްޗެހި ރަނގަޅު އަގެއް ލިބޭނެ ކަމުގެ ޔަގީންކަން ދިނުން ކަމަށެވެ.

"ރަޖިސްޓަރީ ކުރާ މީހުން ތަކެތި ފީވުމުގެ ކުރިން އަޅުގަނޑުމެންނަށް އެބަ އަންގާ ކިހާވަރެއްކަން ފޮނުވަނީ. އެ ހިސާބުން ފެށިގެން އެނގޭނެ ކިހާވަރެއްކަން ލިބޭނީ. މި ކޮޅަށް ލިބުނީމާ އަނެއްކާ އަންގާނެ ކިހާވަރެއްކަން ލިބެނީ. އެ އަށް ފަހު ވަގުތުން ބޭންކް ޓްރާންސްފާ މެދުވެރިކޮށް ފައިސާ ޖަމާކޮށްދޭނެ." އަމްރު ވިދާޅުވި އެވެ.

އެގްރޯ ސެންޓަރުން ގަންނަ ތަކެތި ވިއްކާނީ ހޯލްސޭލްކޮށް ކަމަށާއި ރިސޯޓުތަކަށް އެ ތަކެތި ވިއްކަން ރާވާފައިވާ ކަމަށް އަމްރު ވިދާޅުވި އެވެ. 

އަދި އެ ކަމުގައި ރިސޯޓުތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.

އެސްޓީއޯގެ ކުރީގެ ސިމެންތި ގުދަން ހުރި ތަނުގައި ހުޅުވި، އެގްރިސެންޓަރުން މާދަމާ އިން ފެށިގެން ތަކެތި ގަންނަން ފަށާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް