އެކަމަނާ މިފަދައިން ވިދާޅުވެފައި ވަނީ ރޯދަ މަހުގެ ތަހުނިޔާ އަރިސް ކުރެއްވުމަށް ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން އެކަމަނާ ވިދާޅުވެފައި ވަނީ ރޯދަ މަހުގެ ތަހުނިޔާ އެންމެހާ މުސްލިމުންނަށް، ހާއްސަކޮށް ދިވެހި ހުރިހާ ރައްޔިތުންނަށް އަރިސްކުރާ ކަމަށެވެ.
ލޮކްޑައުންގެ ސަބަބުން މިދިޔަ އަހަރު ވެފައި ވަނީ ވަރަށް ދަތި އުނދަގޫ އަހަރަކަށް ކަމަށާއި، ނަމަވެސް އިރާދަ ކުރެއްވިއްޔާ މިއަހަރަކީ ރަަނގަޅު އަހަރަކަށް ވެގެން ދާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ކެރޮން ރޮސްލާއަކީ ރާއްޖޭގައި ގާއިމުވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރެވެ. އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ.