ads
ނައިބު ރައީސް ފައިސަލް ނަސީމް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖައްސަވަނީ --- ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް ވެކްސިންގެ ދެވަނަ ޑޯޒު ޖައްސަވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފި އެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި އެމަނިކުފާނު އިއްޔެ ވެކްސިންގެ ދެވަނަ ޑޯޒު ޖެއްސެވީ ސެނެހިޔާ ހޮސްޕިޓަލަށް ވަޑައިގެންނެވެ. 

އެގޮތުން ވެކްސިންގެ ދެވަނަ ޑޯޒު ޖެއްސެވުމަށްފަހު، ކޮންމެ މީހެއްވެސް އަމިއްލަ ނަފްސާއި އާއިލާ، އަދި ގާތް އެކުވެރިންގެ ރައްކާތެރިކަމަށްޓާކާ ވެކްސިންގެ ދެވަޑަ ޑޯޒު ޖެހުމަށް ނައިބު ރައީސް އެދިވަޑައިގަތް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. 

ކޮވިޑް 19 އާއި ދެކޮޅަށް ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ކެމްޕެއިން، "ކޮވިޑް 19 ދިފާއު" ކެމްޕެއިން ރަސްމީގޮތުން ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުން ރާއްޖޭގައި ފަށާފައި ވަނީ މިމަހު ތިން ވަނަ ދުވަހު އެވެ.

ވެކްސިން ޖެހުމަށް މާލޭ ސަރަޙައްދުގައި ވަނީ ނުވަ ސެންޓަރެއް ގާއިމު ކޮށްފައެވެ. އަދި މީގެ އިތުރުންވެސް މާލެ ސަރަހައްދުގައި ދެ މޮބައިލް ޓީމު އަންނަނީ ވެކްސިން ޖެހުމުގައި ހަރަކާތްތެރިވަމުންނެވެ. އަދި އަތޮޅުތަކުގައި 237 ވެކްސިން ސެންޓަރު ވަނީ ގާއިމު ކޮށްފައެވެ.

މިހާތަނަށް 268،459 އަށްވުރެ ގިނަ މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު، ވެކްސިންގެ ދެ ވަނަ ޑޯޒް އެޕްރީލް 10 ވަނަދުވަހާއި ހަމައަށް 15،294 މީހަކު ޖަހާފައިވެއެވެ.

ރާއްޖޭގައި ކޮވިޑް 19އާ ދެކޮޅަށް މިހާރު ކޮވިޝީލްޑްގެ އިތުރުން ސިނޮފާމް ވެކްސިން އަދި ފައިޒާ ވެކްސިން ބޭނުންކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް