ads
ރައީސް ނަޝީދު އިންޓަވިއު ދެއްވަނީ
އިލެކްޝަންސް ކޮމިޝަނަކަށް ނުވަންނަން: ރައީސް ނަޝީދު
އިލެކްޝަންސް ކޮމިޝަނަކަށް ނުވަންނަން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައީސް ނަޝީދު އިލެކްޝަންސް ކޮމިޝަނަށް ވަތްކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރުފަތުރަމުން ދަނިކޮށެވެ. 

ރައީސް ނަޝީދު މިއަދު ވަނީ އިލެކްޝަންސް ކޮމިޝަން ކައިރީގައި ވޯޓު އޮޅުވާލިކަމަށް ބުނެ އިދިކޮޅުން މުޒާހަރާ ކުރަނިކޮށް އެ ސަރަހައްދަށް ގޮސްފައެވެ. 

ރައީސް ނަޝިދް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އެމަކުފާނު އީސީގެ އިދާރާ ދޮށަށް ދާން ޖެހުނީ T4 ގެ ވޯޓް ފޮށި އަލުން ގުނުމަށް ތައްޔާރު ވެފައިވަނިކޮށް ޕީޕީއެމްގެ ލީޓަރުންނާއި އިސްވެރިން އީސީ އިދާރާއަށް ވަދެވަޑައިގެން 30 މިނެޓް ވީއުރުވެސް ނުނިކުއްނެވީމައި ކަމަށެވެ.

 އީސީގެ އޮފިޝަލުން ނޫން އެއްވެސް މީހަކު އީސީގެ އިދާރާއަށް ވަދެވަޑައިގެންފައި ނުވާނެ ކަމަށާއި ރައީސް ނަޝީދް ހުންނެވީ ބޭރުގައި ކަމަށް އެމަނިކުފާނު  ވިދާޅުވި އެވެ.

ނަޝީދު ވަޑައިގަތްއިރު އަރިހުގައި ރައްޔިޔުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުރުން އެމްޑީޕީގެ އިސްވެރިން ވެސް ވަޑައިގަތެވެ. 

ރައީސް ނަޝީދު އީސީ ގެ އިދާރާ ސަރަހައްދަށް ވަޑައިގެންއިރު އިދިކޮޅުން މުޒާހަރާ ކުރަން ގޮސް ތިބީ އިިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ އިސްވެރިންނާއި ވެސް އެކުއެވެ. އޭގެ ތެރޭގައި ގަައްސާނު މައުމޫނާއި އަބްދުއްރަހީމް އަބްދުﷲ ހިމެނެއެވެ. 

ރައީސް ނަޝީދު ވަޑައިގަތުމުން މުޒާހަރާގެ ބައިވެރިން ވަނީ އެމަނިކުފާނާއި ކުރިމަތިލުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ބޮޑީގާޑުން ވަނީ ހުރަސް އަޅާފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް