ads
ޝްރައްދާ ކަޕޫރު-
ޝްރައްދާގެ މިފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ
މަޝްހޫރު ބޮލީވުޑް ތަރި ޝްރައްދާ ކަޕޫރު ވަނީ މީގެ ކުޑަދުވަސްކޮޅެއްގެ ކުރިން ރާއްޖެ އައިސްފައެވެ. މިއީ މިއަހަރު މިހާތަނަށް ޝްރައްދާ ރާއްޖެ އައި ތިން ވަނަ ފަހަރެވެ.

ކޮންމެހެން ވެސް ޝްރައްދާގެ ހިތުގައި ރާއްޖެއަށް ދެވިފައިވަނީ ވަރަށް ހާއްސަ މަގާމެކެވެ. މިއަހަރުގެ މިހާތަނަށްވެސް މަޝްހޫރް އެތައް ތަރިންނެއް ރާއްޖެއަށް އެތައް ފަހަރަކު އައިސްފައިވާއިރު، މީގެ ތެރެއިންވެސް އެންމެ ފާހަގަކުރެވޭ އެއް ތަރިއަކީވެސް ޝްރައްދާއެވެ. 

your imageޝްރައްދާ އިރުއޮޢްސޭ މަންޒަރާއެކު ނަގާފައިވާ ފޮޓޯއެއް

މިއަހަރުތެރޭވެސް ތިން ފަހަރަށް ރާއްޖޭއަށް އައިސްފައިވާ ޝްރައްދާ މިވަގުތުވެސް ހުރީ ރާއްޖޭގައެވެ. އެންމެ ފަހުން އޭނާ ރާއްޖެއައިސްފައިވަނީ ނިމުނު މާޗު މަހުގެ 17ވަނަ ދުވަހު އޭނާގެ ބައްޕަ ޝަކްތީ ކަޕޫރު އާއިއެކު އެވެ. އަދި އޭގެ ކުރިން ހަމަ އެމަހުގެ ކުރީކޮޅުވެސް އޭނާ ވަނީ ދެބެއިންގެ ދެދަރި ކުއްޖެއްގެ ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވުމަށްވެސް ރާއްޖެ އައިސްފައެވެ. 

your imageޝްރައްދާ

އަނެއްކާ މިމަހުގެ ފަސް ވަނަ ދުވަހު އޭނާ ރާއްޖެއައިސްފައިވާއިރު ޝްރައްދާ ވަނީ މިވަގުތު އޭނާ ޗުއްޓީ ހަދަމުންދާ ބަރޮސް މޯލްޑިވްސްގައި ނަގާފައިވާ ހިތްގައިމު ފޮޓޯތަކެއްވެސް ހިއްސާކޮށްފައެވެ. 

ޝްރައްދާގެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އަންނައިރު، ގިނަ ފޮޓޯތަކުން ރާއްޖޭގެ ރީތި ގޮޑުދޮށާއި ފެހިކަން ފެނިގެންދެއެވެ.

އުމުރުން 34 އަހަރު މިފަހުން ޝްރައްދާއަށް ފުރިފައިވާއިރު އޭނާގެ އުފަން ދުވަސް ވެސް މިއަހަރު ފާހަގަކުރީ ރާއްޖޭގަ އެވެ.

ޝްރައްދާގެ ފިލްމީ މަސައްކަތަށް ބަލާއިރު ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ ވިޝާލް ފުރިއާގެ ފިލްމު ނާގިންއިންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް