ads
ސްޕާ ފްރުޓު ސްމޫތީ———ފޮޓޯ: ސީއެންްއެމް——
ސީއެންއެމް ބަދިގެ: ސްޕާ ފްރުޓް ސްމޫތީ
ރޯދަމަހަށް ހާއްސަކޮށް ސީއެންއެމްއިން ގެނެސްދޭ “ސީއެންއެމް ބަދިގެ” ގައި ހިމަނާލާނީ ކޮންމެ ދުވަހަކުވެސް ރޯދަވީއްލުމަށް ގޭގައި ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ކޮންމެވެސް ބުއިމެއް ނުވަތަ ކެއުމެކެވެ.

އެގޮތުން މިއަދުގެ ސީއެންއެމް ބަދިގޭގައި މި ކިޔައިދެނީ މި ރޯދަމަހު ގޭގައި ފަސޭހައިން ތައްޔާރު ކޮށްލެވިދާނެ ބުއިމެއް ތައްޔާރުކޮށްލާނެ ގޮތެވެ. 

މިއަދުގެ ބުއިމަކަށް މި ހިމަނާލަނީ “ ސްޕާ ފްރުޓް ސްމޫތީ” އެވެ. 

މި ސްމޫތީ ތައްޔާރުކޮށްލުމަށް ބޭނުންވާނެ އެެެއްޗިއްސާއި ތައްޔާރު ކުރައްވާނެ ގޮތް ތިރީގައި އެވަނީއެވެ

ބޭނުންވާނެ ތަކެތި:

  • ފުރޯޒެން ޗެރީސް
  • ކިވީއެއް 
  • އެއް ތަށި އަލްމަންޑް ކިރު

your imageބޭނުންވާ ތަކެތި

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކިވީ ފޮތިފޮތި ކޮށްލާފައި ދެ ފޮތި ވަކިން ބައިންދާލާށެވެ. އެ ދެ ފޮތި ބޭނުން ކުރާނީ ސްމޫތީ ތައްޔާރުކޮށްލުމަށް ފަހު ގާނިޝް ކޮށްލުމަށެވެ. 

ބާކީ ކިވީގެ ފޮތިތައް ފްރޯޒެން ޗެރީސް، އަދި އަލްމަންޑް ކިރާ އެކު މިކްސަރުގައި ރަނގަޅަށް ގިރާލާށެވެ. ދެން ތަށްޓަށް މިކްސްކުރި ސްމޫތީ އަޅާލުމަށް ފަހު، ގާނިޝް ކުރުމަށް ބޭންދި ކިވީގެ ދެ ފޮތި ތަށީގެ މަތީގައި ޖަހާލުމުން، “ސްޕާ ފްރުޓް ސްމޫތީ“ މިހާރު ތިހުރީ ތައްޔާރުވެފައެވެ.

މި ސްމޫތީއަކީ ސިއްހަތަށް ވަރަށް ފައިދާކުރާނެ ރޯދަ ވީއްލާ ގަޑީގައި ނުވަތަ ތަރާވީސް ގަޑީގައިވެސް ބޯލަން ވަރަށް މީރު ބުއިމަކަށް ވާނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް