ads
މުމްބާއީ އިންޑިއަންސްގެ ރޯހިތް ޝަރުމާ
އާ ސީޒަންގައި މުމްބާއީގެ ފުރަތަމަ މޮޅު
އިންޑިއަން ޕްރިމިއަރ ލީގުގެ އާ ސީޒަންގައި ޑިފެންޑިންގ ޗެމްޕިއަން މުމްބާއީ އިންޑިއަންސްގެ ފުރަތަމަ މޮޅު، ވާދަވެރި ކޮލްކަތާ ނައިޓް ރައިޑަރސް އަތުން ހޯދައިފިއެވެ. ނައިޓް ރައިޑަރސް އަތުން މުމްބާއީ މޮޅުވީ އަންގާރަ ދުވަހުގެ ރޭއެވެ.

ނައިޓް ރައިޑަރސް އަތުން އަންގާރަ ދުވަހުގެ ރޭ މޮޅުވުމުގެ ކުރިން، މުބާރާތުގެ ފުރަތަމަ މެޗުގައި މިދިޔަ ހަފުތާގައި ޗެމްޕިއަން މުމްބާއީ އިންޑިއަންސްވަނީ ރޯޔަލް ޗެލެންޖަރސް ބެންގަލޯރ އަތުން ބަލިވެފައެވެ. ރޭ މުމްބާއީ އަތުން ބަލިވި ނަމަވެސް ނައިޓް ރައިޑަރސްވެސްވެނީ އެ ޓީމުގެ ފުރަތަމަ މެޗުން މޮޅުވެފައެވެ.

އަންގާރަ ދުވަހުގެ ރޭ ނައިޓް ރައިޑަރސް އަތުން މުމްބާއީ މޮޅުވީ ދިހަ ލަނޑުންނެވެ. މި މެޗުގައި މުމްބާއީން ކުޅެން ނުކުމެ، ވިހި އޯވަރަށް ހުރިހާ ކުޅުންތެރިން ނުބައި ވެގެން ސަތޭކަ ފަންސާސް ދެ ލަނޑު ހެދިއެވެ، ޖަވާބުގައި ކުޅެން ނުކުތް ނައިޓް ރައިޑަރސްއަށް ޗޭސްކޮށްގެން މުމްބާއީގެ ނަތީޖާ އަތެއް ނުވިއެވެ.

އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަން މުމްބާއީން ދެން ކުޅެން ޖެހޭ މެޗުގައި ވާދަކުރާނީ ސަން ރައިޒަރސް ހައިދަރުއާބާދާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް