
މި ފާޑު ކިއުންތަކާއެކުވެސް، ދިވެހިންނަށް މިވަނީ ސީރިއަސް ކަމެއް މަޖާ ކޮށްލުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ.
އެގޮތުން އިއްޔެ އީސީ ސަރަހައްދުގައި މުޒާހަރާ ކުރަނިކޮށް އެ ސަރަހައްދުގައި ހުރެ، ރައީސް ނަޝީދު ފޯނުން ވާހަކަ ދައްކާ ފޮޓޯއެއް ސޯޝަލް މީޑިއާގައި މިވަނީ އާންމު ވެފައެވެ. މި ފޮޓޯ މިވަނީ ދިވެހި ޒުވާނުންގެ މެދުގައި "މީމް" އަކަށް ވެފައެވެ.
އެއާއެކު ގިނަ ޒުވާނުންތަކެއް އަންނަނީ މި ފޮޓޯއާއެކު ކޮންމެވެސް މަޖާ ކެޕްޝަނެއް ޖަހާ، މި ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
މީހަކު ކޮށްފައިވާ ޓުވީޓެއް ---
އެކި ޒުވާނުން އަންނަނީ ޓުވިޓާގައިވެސް މި ފޮޓޯ އާއެކު މަޖާ ކެޕްޝަނެއް ޖަހާ ހިއްސާ ކޮށްފައެވެ.
މީހަކު ކޮށްފައިވާ ޓުވީޓެއް ---
ކޮންމެ އަަކަސް ފެނިގެން މިދަނީ އަބަދު ކަންކަމުގައި ސީރިއަސް ނުވެ، ބައެއް ފަހަރު މަޖާ ކޮށްލުމަކީ މައްސަލައެއް ނޫން ކަމެވެ. އެއީ އަނެކާއަށް އިހުތިރާމް ކުރާ ހާލުގައެވެ.
މީހަކު ކޮށްފައިވާ ޓުވީޓެއް ---