
މިރޭ މާލޭގައި ކުރިއަށް ދިޔަ މުޒާހަރާގައި ޔުމްނުގެ ދައްތަ ބުނީ "ފާޅުގައި ދޮގުހަދައި އޮޅުވާލަމުން" އަންނަކަމަށެވެ.
އޭނާގެ ދައްތަ ބުނީ އެމީހުންގެ ލޮލުގައި އަނދުން އެޅުވުމަށްވެސް މަސައްކަތް ކުރަމުން އަންނަކަމަށާއި، "އެ މަންޒަރު ފެނުނީ ފުލުހުން އެގޭގައި ހަރުކޮށްފައި ހުރި ކެމެރާއަކުންތޯ؟" ވެސް ސުވާލު އުފެއްދިއެވެ.
އޭނާގެ ދައްތަ ބުނީ ހަފްތާއެއް ފަހުން ޔުމްނު އިތުރު ފަރުވާއަށް ބޭރަށް ގެންދާއިރު، ދެ ގަޑިއިރު އެހެން ގައުމެއްގައި ޓްރާންސިޓު ވާންޖެހޭކަމަށެވެ. ނަމަވެސް ރައީސް މުހައްމަދު މުއިއްޒު މެލޭޝިއާއަށް ވަޑައިގަންނަވީ ޑައިރެކްޓު ފުލައިޓެގައިކަމަށްވެސް ޔުމްނުގެ ދައްތަ ބުންޏެވެ.
މިރޭ ޒުވާނުން ނުކުމެ މާލޭ މަގުމަތީގައި ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރިއަށް ގެންދާ، މުޒާހަރާގައި ވާހަކަ ދައްކަމުން އޭނާގެ ދައްތަ ބުނީ، އެމީހުން ޕޮލިސްޓޭޝަނަށް ގޮސް ސީސީޓީވީގެ ވާހަކަވެސް އެކިފަހަރު އެކިގޮތަށް ދެއްކިކަމަށެވެ.
ބުރުޒުމަގުގައި ހުންނަ، ގ. ފެންޓޯނިއޯގެއިން ވެއްޓުނު ޔުމްނު ރަޝީދު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން މަސައްކަތް ކުރަމުން އަންނަކަމަށް އާއިލާއިން ބުނެފިއެވެ.