ads
މިދިޔަ ހުކުރު ދުވަހު އިމާރާތެއްގެ ފުރާޅުމައްޗަށް ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ހިމެނޭ ވީޑިއޯ ފުލުހުން އާންމުކުރި
ޔުމްނު ފަރުވާއަށް ގެންދާ ފްލައިޓާމެދު އާއިލާގެ ހިތްހަމަ ނުޖެހުން!
މީގެ ހަފްތާއެއް ކުރިން ފަންޓޯނިއޯއިން ވެއްޓިފައިވާ 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދާ ފުލައިޓާ މެދު ޔުމްނުގެ އާއިލާއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
Advertisement

މިރޭ މާލޭގައި ބޭއްވުނު މުޒާހަރާގައި ޔުމްނުގެ ދައްތަ ބުނީ ޔުމްނު ބޭރަށް ގެންދިއުމުގައި ދެ ގަޑިއިރު އެހެން ގައުމެއްގައި ޓްރާންސިޓު ވާންޖެހޭކަމަށާއި، ނަމަވެސް ރައީސް މުހައްމަދު މުއިއްޒު މެލޭޝިއާއަށް ވަޑައިގަތީ ޑައިރެކްޓު ފުލައިޓެއްގައިކަމަށެވެ.

"އެއް ހަފްތާވެގެން ދިޔައީ މަރާ ހަނގުރާމަކުރާތާ، ކީއްވެގެންތޯ އެއާލިފްޓު ނުކުރެންވީ؟ ކީއްވެގެންތޯއޭ ލިބެންޖެހޭ ފަރުވާ ނުލިބެންވީ،" ޔުމްނުގެ ދައްތަ ބުންޏެވެ.

ޔުމްނު ވެއްޓުނުތާ ހަފްތާއެއް ވަނިކޮށް އިތުރު ފަރުވާއަށް އޭނާ މެލޭޝިއާއަށް ގެންދިއުމަށް ހުރިހާ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް އާއިލާއިން ބުނެއެވެ. ސަރުކާރުން ޗާޓަރު ފުލައިޓެއް ހަމަޖެއްސުމުގެ މަސައްކަތް ކުރާކަމަށާއި މާދަމާވެސް ފުލައިޓު ލިބިއްޖެނަމަ ފުރަން ޖެހިދާނެކަމަށް އާއިލާއިން ބުންޏެވެ. 

ޔުމްނުއާ ބެހޭގޮތުން "ފާޅުގައި ދޮގުހަދައި އޮޅުވާލަމުން" އަންނަކަމަށްވެސް އޭނާގެ ދައްތަ ތުހުމަތުކުރެއްވިއެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި އޭނާއާއެކު އެރޭ އުޅުނު ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް ކޯޓަށް ގެންގޮސް 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެއެވެ. 

ފުލުހުން ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، އޭގެތެރޭގައި ޔުމްނު ވެއްޓުމުގައި ބައިވެރިވުން ވެސް ހިމެނެއެވެ. 

18%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
45%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް