ads
ޔުމްނު ވެއްޓުނު އިމާރާތް
ފެންޓެނޯއީއަށް ކަޅު ގަމީހެއްގައި މީހަކު ވަންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ފެތުރިއްޖެ
ހ. މިޓާޒް ގޭގެ ފުރާޅުން ޔުމްނު ވެއްޓުނު ރޭ ހ. ފެންޓެނޯއީ ގެއަށް ކަޅު ގަމީހަކާއި ހުދު ފަޓުލޫނެއް ލައިގެން ހުރި ފިރިހެނަކު ވަންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ.
Advertisement

އޭޕްރިލް 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީއަށް ޔުމްނު ވަދެފައި ވަނިކޮށް އެނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ ކުރިން މި ފިރިހެނާ ގެއަށް ވަންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ވީޑިއޯގައި ފެންނަ ގޮތުން،  ކާކުކަން ނޭގެ މި ފިރިހެނާ ފެންޓެނޯއީގޭގެ މައި ދޮރުން ވަންނަތާ ހަމަ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ރައުދު އެގެއަށް ވަންނަ މަންޒަރު ފެންނެއެވެ.

މި ވީޑިއޯ ފެތުރުމާއެކު، ޔުމްނު އެ އިމާރާތުން ވެއްޓުނު ހާދިސާއާ ގުޅިގެން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ޔުމްނު ރަޝީދު ވެއްޓުނު ރޭ އެގެއިން މީހަކު ނުކުމެން ދިޔަކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެއީ ފަތިސް ނަމާދަށް ދިޔަ މީހެއްކަަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލައިގައި ކޮމިޝަނާ އޮފް ޕޮލިސް ސީޕީ އަލީ ސުޖާއު ވިދާޅުވީ އެ ހާދިސާ ހިނގިފަހުން ވެސް މީހަކު ނުކުތްތޯ ބަލާފައިވާކަމަށެވެ. 

"ފަތިސް ނަމާދު ވަގުތުގަ ފަތިހަށް ނަމާދަށް ދިޔަ ބޭފުޅަކު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެނޫން މިހަކު އެގެއިން ނުކުމެގެން ދާތަނެއް ފެނިފައެއް ނެތް،" ކަމަށް ސުޖާއު ވިދާޅުވެފައިވެއެވެ.

ސުޖާއު ވިދާޅުވީ އެ މީހާ ނަމާދަށް ދިޔަކަން ފާހަގަވި ނަމަވެސް، ޔުމްނު ވެއްޓުމުގައި އިތުރު މީހަކު ބައިވެރިވާކަން އެނގިފައިނނުވާކަމަށެވެ. 

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް