ސީއެންއެމް އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލައިގައި އިއްޔެ ތިން މީހަކު ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އެގޮތުން ހައްޔަރު ކޮށްފައިވަނީ، 23 އަހަރުގެ ފިރިހެނަކާ، 24 އަހަރުގެ ފިރިހެނެއް އަދި 36 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީހަށް ބަޔަކު ހަމަލާ ދީފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
މި މައްސަލަ އެ ދުވަހު ފުލުހަށް ހުށަހެޅި އިރު، ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.