ads
ލަމްސް ކިޗަން----
މީޑިއާނެޓުގެ "ލަމްސް ކިޗަން"އިން އައްޒަައާއި ސީޒަންގެ ޒުވާބުގަނޑު ބަލާލިންތަ؟
ރާއްޖޭގެ މަޝްހޫރު ލަވަކިއުން ތެރިޔާ ލަމްހާ ލަތީފް (ލަމް) ގެ ހާއްސަ ޝޯ "ލަމްސް ކިޗަން" މީޑިއާނެޓުގެ މަލްޓި ސްކްރީންއިން މިއަދު ދައްކަން ފަށާނެކަމަށް މީޑިއާނެޓުން ބުނެފި އެވެ
Advertisement

ލަމްގެ އެ ހާއްސަ ޝޯއަކީ މީޑިއާނެޓްގެ "މަލްޓި ސްކްރީން" އިން ދައްކާ ޕޮރޮގްރާމެއް ކަމުން ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ވެސް އެ ޝޯތަކާއި، ޓީވީ ޗެނަލްތަކުގެ އިތުރުން ލޯކަލް ޝޯތަކާއި ފިލްމުތައް އެ ޕްލެޓް ފޯމުން ބަލައިލެވޭނެއެވެ. 

"ލަމްސް ކިޗަން" އަކީ ރާއްޖޭގެ  މަޝްހޫރު ތަރިން ބައިވެރިވާ ޝޯއެކެވެ. މި ޝޯގައި ޖުމްލަ 12 އެޕިސޯޑް ހިމެނޭއިރުގައި ކޮންމެ އެޕިސޯޑެއްގައި ދެ ތަރިން ބައިވެރިވާނެއެވެ. އެ ދެތަރިންނާ ވެސް ކޮންމެ ވެސް އެއްޗެއް ކައްކަން ހަވާލުކުރާނެއެވެ. އަދި އެ ޓާސްކުގެ ތެރެއިން އެ ތަރިންގެ ދިއުޅުމުގެ ވާހަތައް ދައްކާނެއެވެ. 

ލަމްސް ކިޗަންއިން ފެނިގެންދާނެ ބައެއް މަޝްހޫރު ތަރިންތަކުގެ ތެރޭގަ އަބްދުﷲ މުއާޒު، ރަވީ ފާރޫގް، މަރިޔަމް އައްޒަ، ޝައްމޫން، މަރިޔަމް މައީޝާ، އިބްރާހިމް ޒައިދް އަލީގެ އިތުރުން ރާއްޖޭގެ ގިނަ މަޝްހޫރު ތަރިން ފެންނާނެއެވެ. 

އެގޮތުން މިއަދު މި ޝޯގެ ފުރަތަމަ އެޕިސޯޑް މީޑިއާނެޓުގެ މަލްޓި ސްކްރީންއިން ދައްކަން ފަށާއިރު، މި އެޕިސޯޑުން ފެނިގެންދަނީ މަޝްހޫރު ފިލްމީތަރި އައްޒަ އާއި ފިލްމީ ތަރި އަލީ ސީޒަން އެވެ. މި އެޕިސޯޑުގެ ޓްރެއިލާވެސް މިހާރު އާއްމުކޮށްފައިވާއިރު މި ޓްރެއިލާއިން ފެނިގެންދަނީ، އައްޒައާއި، ސީޒަން ކެއްކުމުގެ ތެެރެއިން ކުރާ ޒުވާބުގަނޑެކެވެ. އެގޮތުން އެންމެ މޮޅަށް ރޮށި ދެެމުނީ ކާކަށްތޯ ކުރެވޭ ޒުވާބުގަނޑުވެސް މި ޓްރެއިލާއިން ފެނިގެންދެއެވެ. 

ޒުވާބުގަނޑުގެ އިތުރުން ހެއްވާ މަޖާ މިޝޯގެ ތެރެއިން އައްޒައާއި ސީޒަން އަދި ލަމްގެ ވަރަށް ޝައުގުވެރި ބައިތަކެއް ފެނިގެންދާނެއެވެ. މި ޝޯގެ ފުރަތަމަ އެޕިސޯޑު މިއަދު ދައްކަންފަށާއިރު މީޑިޔާނެޓްގެ މަލްޓި ސްރީން އެޕް އިން މިހާރު މި އެޕިސޯޑު ބަލާލެވޭނެ އެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް