ads
މެންގޯ ޕިރިނީ———ފޮޓޯ: ސީއެންއެމް
ސީއެންއެމް ބަދިގެ: އަނބު ޕިރިނީ
ސީއެންއެމް ބަދިގޭގައި މިއަދުގެ މި ހިމަނާލަނީ "އަނބު ޕިރިނީ" އެވެ. 

މި ޕިރިނީ އަކީ ދިވެހި އަނބުގައިވެސް އަދި ބޭރު އަނބުގައިވެސް ހަދާލެވޭނެ ޕިރިނީއެކެވެ. އެހެންނަމަވެސް މި ޕިރިނީ ހެދުމަށް ބޭނުން ވާނީ ވަރަށް ދޮން އަނބެވެ. އެއީ ޕިރިނީގައި މާ ބޮޑަށް ހުތް ރަހަ ލާފާނެތީއެވެ.

ބޭނުންވާ ތަކެތި:

  • 3 މޭޒުމަތީ ސަމުސާ ބާސްމަތީ ހަނޑޫ (ނޫނީ ހަނޑޫ ފުށް)
  • 3/4 ޖޯޑު ކޮށާފައިހުރި ދޮން އަނބު
  • ތިން ޖޯޑު ފުލް ކްރީމް ކިރު
  • ހަ ކާފޫރު ތޮޅި
  • 2/3 ޖޯޑު ގެރި ކިރު
  • 1/2 ސައިސަމުސާ މުގުރި ކާފޫރު ތޮޅި
  • 1 ސައިސަމުސާ ރޯޒް ވޯޓާ(ފިނިފެން)

 

ތައްޔާރު ކުރާނެ ގޮތް:

މި ޕިރިނީ ހެދުމަށް އެންމެ ފުރުތަމަ ހަނޑޫ ދޮވެފައި ތަށްޓެއްގައި ފަތުރާލުމަށްފަހު އަވީލައިގެން ހިއްކާލާށެވެ.

ހަނޑޫކޮޅު ހިކުމުން އެ ހަނޑޫ ކޮޅު ހިމުންވަންދެން މުގުރާލާށެވެ. 

ދެން ޕިރިނީ ހެދުމަށް މިކްސަރަށް ދޮން އަނބުކޮޅު އަޅާ އޮމާން ޕޭސްޓް ގަނޑެއް ހަދާލުމަށްފަހު އެހަށް ބަހައްޓާށެވެ.

އެޔަށްފަހު ފުލް ކްރީމް ކިރާއި ކާފޫރު ތޮޅިކޮޅު ތެއްޔަކަށް އަޅާފައި ކައްކާލާށެވެ. ރަނގަޅު ކެކުނުކަމަށް ބަލާނީ ކިރު ބޮކިޖަހާ ކެކެން ފެށީމައެވެ. އެގޮތަށް ކެެކެން ފެށުމުން ގިނި މަޑު ކޮށްލާފައި ތެއްޔަށް ހަނޑޫކޮޅު އަޅާލުމަށްފަހު ތެލީގައި ހުރި ތަކެތި ދެބައިކުޅަ އެއްބަޔަށް މަދުވަންދެން މަޑު ގިނީގައި ކައްކާށެވެ. ފުލުގައި ހިފިޔަ ނުދިނުމަށްޓަކައި ގިނަގިނައިން ހަލާލަން ވާނެއެވެ.

ދެން މި ކާފޫރު ތޮޅިކޮޅު ނަގާ އެހަށް ވަކިކޮށްލުމަށްފަހު، ގެރިކިރުކޮޅު އަޅާ އެއްކޮށްލާށެވެ. ތެލީގައި ހުރި ތަކެތި އޮލަވެ ހަނޑޫކޮޅު އެއްކޮށް ކެކެންދެން ކައްކާލަންވާނެއެވެ. އަދި ތެލީގައި ހުރި ތަކެތި އޮލަވެ ހަނޑޫކޮޅު އެއްކޮށް ކެކެންދެން މަޑު ގިނީގައި ކައްކާލާށެވެ. ކެކެމުންދާއިރު ގެންދަންވާނީ ހަލަމުންނެވެ. 

ދެން އުނދުން ނިވާލާފައި މުގުރި ކާފޫރު ތޮޅިއާއި ރޯޒްވޯޓާ ތެއްޔަށް އަޅާ އެއްކޮށްލުމަށްފަހު ހިހޫ ކުރަން ބަހައްޓާލާށެވެ. އެއްކޮށް ހިހޫވީމައި އަނބުކޮޅު އަޅާ އެއްކޮށްލާނީއެވެ.

އެއްކޮށް ހިހޫވުމުން ފްރިޖަށްލާ ފިނި ކޮށްލާށެވެ. ބޭނުމިއްޔާ މައްޗަށް ކެޝޫނަޓް ނޫނީ އެކަހަލަ ކޮންމެވެސް އެހެން އެއްޗެއް އަޅާލެވިދާނެއެވެ. އޭރުން އަނބު ޕިރިނީ މިހާރު ތިހުރީ ތައްޔާރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް