ads
ރާނީ އެލިޒަބަތު އާއި ޕްރިންސް ފިލިޕް-
ޕްރިންސް ފިލިޕްގެ ޖަނާޒާގައި ބައިވެރިވާނީ 30 މީހުން
އިނގިރޭސި ރާނީގެ ފިރިކަލުންވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އަވަހާރަވެފައިވާއިރު އަދިވެސް އެމަނިކުފާނުގެ ޖަނާޒާގެ ކަންކަން ދަނީ ކުރިއަށެވެ.

ކުރިން ޝާހީ އާއިލާގެ ބޭފުޅުން އަވަހާރަވުމުން އެތައް ލައްކަ މީހުން މަގުތަކަށް ނިކުމެ ޖަނާޒާގައި ބައިވެރިވި ނަމަވެސް އެންމެ ގިނަދުވަސް ވަންދެން އިނގިރޭސި ތަހުތުގަ އިންނެވި ރާނީގެ ފިރިކަލުންގެ ޖަނާޒާގައި ބައިވެރިވާން ފުރުސަތުދީފަވަނީ އެންމެ 30 މެހެމާނުންނަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ އިނގިރޭސި ވިލާތުގެ ތާރިޙުގައިވެސް އެންމެ މަދު އަދަދަކަށް މީހުން ބައިވެރިވެގެން ކުރިއަށްދާ ޝާހީ ޖަނާޒާއަށް ޕްރިންސް ފިލިޕްގެ ޖަނާޒާ ވެގެންދާނެއެވެ.

މި ޖަނާޒާ ޓީވީ އަދި ރޭޑިއޯއިން ލައިވްކޮށް ބްރޯޑްކާސްޓްކުރާގޮތަށް ހަމަޖެހިފަވެެއެވެ.

މި ހަފްލާގައި ބައިވެރިވުމަށް ޕްރިންސް ފިލިޕްގެ ކާފަ ދަރިކަލުން، ޕްރިންސް ހެރީ އިންގިރޭސިވިލާތަށް ދިއުމަށް ވަނީ ހަމަޖައްސާފައެވެ. މިއީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާ ދޫކޮށް، ދިޔަ ފަހުން ހެރީ އެނބުރި ގައުމަށްދާ ފުރަތަމަ ފަހަރުވެސް މެއެވެ.

އެޕްރިލް މަހުގެ 17 ވަނަ ދުވަހު ފިލިޕްގެ ޖަނާޒާ ކުރިއަށްދާނެ ކަމަށް އިނގިރޭސި ޝާހީ އާއިލާގެ ވެބްސައިޓްގަ ބުނެފަވެއެވެ.

ފިިލިޕް އަވަހާރަވުމުގެ ގެ ކުރިން ވަނީ އާލާސްކަންފުޅާ ވަރަށް ގިނަ ދުވަހު އުޅުއްވާއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 99 އަހަރެވެ. 

އުމުރުން 99 އަހަރުގެ ފިލިޕްގެ ހާލުކޮޅު ގޯސްވުމުގެ ސަބަބުން އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނީ ފެބްރުއަރީ 16ގައި، ކިންގް އެޑްވާޑް ދަ ސެވެންތް ހަސްފަތާލުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް