ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފާސްޓް އެންޑް ދަ ފިއުރިއަސް ގެ އާ ޓްރެއިލާ
ފާސްޓް އެންޑް ދަ ފިއުރިއަސް ގެ އާ ޓްރެއިލާއެއް
މަޝްހޫރު ހޮލީވުޑް ފިލްމް ސީރީސް ފާސްޓް އެންޑް ދަ ފިއުރިއަސްގެ އެންމެ ފަހުގެ ފިލްމު، ފާސްޓް އެންޑް ދަ ފިއުރިއަސް: އެފް-9 ގެ އާ ޓްރެއިލާއެއް ނެރެފިއެވެ.
Advertisement

ފާސްޓް އެންޑް ދަ ފިއުރިއަސް ސީރީޒްގެ ނުވަނަ ފިލްމު ކަމަށްވާ ފާސްޓް އެންޑް ދަ ފިއުރިއަސް: އެފް-9 ބުދަދުވަހު ނެރުމާއެކު އެފިލްމަށް އަޅުވާ އާ ތާރީހެއްވެސް ވަނީ ނެރިފައެވެ. އެ ތާރީހަކީ ޖޫން މަހުގެ 25 ވަނަ ދުވަހެވެ.

އެފް-9 ފިލްމު އަޅުވާ އާ ތާރީހަކީ ގާތްގަނޑަކަށް ފިލްމު އަސްލު އަޅުވަން އޮތް މޭ 2020 އަށްފަހު ގާތްގަނޑަކަަށް އެއް އަހަރަށް ފަހުގާއެވެ. ފިލްމުގެ ފުރަތަމަ ޓްރެއިލާ ނެރިފައިވަނީ ޖެނުއަރީ 2020 ގައެވެ. 

މިފިލްމުގެ ކާސްޓުގައި، ވިން ޑީސެލް، މިޝެލް ރޮޑްރިގެޒް، ޓައިރީޒް ގިބްސަން، ލުޑަކްރިސް، ސުންގް ކޭންގް، ހެލެން މިރެން އާއި ޖޯޑަނާ ބްރޫސްޓާ ހިމެނެއެވެ. އަދި ފިލްމުގެ ވިލަންގެ ރޯލް އަދާކުރަނީ މަޝްހޫރު ކުރީގެ ރެސްލާ އަދި މިހާރު ގިނައިން ފިލްމުތަކުންނާއި ސީރީޒް ތަކުން ފެންނަމުންދާ، ޖޯން ސީނާއެވެ. 

މިފިލްމުގައި ޕޯލް ވޯކާ ގެ ބައެއް މަންޒަރުތައްވެސް ހިމެނިފައިހުންނާނެއެވެ. ޕޯލް ވޯކާ ވަނީ 2013 ވަނަ އަހަރުގައި ކާރު އެކްސިޑެންޓެއްގައި މަރުވެފައެވެ.

2013ގެ ފާސްޓް އެންޑް ދަ ފިއުރިއަސް 6 އަށްފަހު މިފިލްމު ސީރީޒްއާ ދުރުވުމަށްފަހު އަނެއްކާވެސް އެފް-9 ޑައިރެކްޓުކުރަނީ ޖަސްޓިން ލިންއެވެ.

އެފޮ-9 އަށް ފަހު ޔުނިވާސަލް ސްޓޫޑިއޯޒް އިން މި ސީރީޒްގެ 10ވަނަ އާއި 11ވަނަ ފިލްމާއެކު ސްޕިން-އޯފް ފިލްމުތަކެއް ނެރުމަށްވަނީ ގަސްތުކޮށްފައެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް