ads
ވާހަކަ
ސަލްޓަން ޕާކުން ފެނުނު ކަޅު ހިޔަނި
އެރެޔަކީ ހޯމަ ވިލޭރެއެކެވެ. ސާދަވިލޭރޭގެ ހަނދު އެންމެ ފުރިހަމަކޮށް އުޑުގައި ބަބުޅަބަބުޅާ ހުރިއެވެ. އަހަރެންގެ ލޯބިވެރިޔާ އާޔާއާއި އެކު ސަލްޓަން ޕާކުގެ ހިތް ފަސޭހަ ބަގީޗާ ތެރޭގައި ހިނގަމުން ގެންދިޔައީމެވެ.

ރޭނގަޑުގެ އެ ހަމަހިމޭން ވަގުތުގައި އެއްވެސް އިންސާނެއްގެ ހިލަމެއް އެ ހިސާބަކުނެތެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން އަހަރެންނާއި އާޔާ ދިޔައީ އެކި ވާހަކަތަކެއް ދައްކަމުން ނެވެ.

އާޔާގެ އެދުމަށް އަހަރެން އެތާނގައި އިން ބެންޗެއްގައި އިށީނީމެވެ. އެތާގައި އިށީންތާ މާގިނަ އިރު ނުވަނީސް އާޔާ އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފާލި އެވެ. ތަދުވެގެން އަހަރެން އޭނާގެ މޫނަށް ބަލާލީމެވެ. އައްދިއްޔޯއޭ ކިޔަމުން ނެވެ.

އޭނާގެ މޫނުމަތިން ފެންނަނުމުން ދިޔައީ ހާސްކަމެވެ. އާޔާގެ ނަޒަރު ހުރީ އެތާނގައި ހުރި ގަސްތަކާ ދިމާލަށް ހުއްޓިފަ އެވެ. އަހަރެން އޭނާއަށް ވައި އަޑަކުން ދެތިން ފަހަރަކު ގޮވާލީމެވެ. އޭނާ މަޑުމަޑުން އެދިމާލަށް ތަންކޮޅެއް ރަނގަޅަށް ބެލުމަށް އަހަރެންގެ ކައިރީގައި އެދުނެވެ.

އަހަރެން ބަލާލީމެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ގަސްތަކުގެ ތެރެއިން ދިއްލިފައިވާ ރަތްކުލައިގެ ދެ ލޮލެވެ. ކަޅު އަދިރި ކަމުގެ ތެރެއިން ދިއްލިފައިވާ ދެ ލޯ އަމާޒުވެފައި ވަނީ އަހަންނާއި އާޔާއަށެވެ. އަހަރެންގެ މުޅިގައިން ހީބިހި ނެގި އެވެ. މޭކަށިގަނޑު ފަޅާލުމަށްފަހު ހިތް ބޭރަށް ނިކުމެދާނެހެން ވެސް ހީވިއެވެ.

އަހަރެން އާޔާގެ އަތުގައި ވަރަށް ބާރަށް ހިފުމަށްފަހު އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ސައިކަލަށް އެރީމެވެ. އަހަރެން ފަހަތަކަށް ނުބަލަމެވެ. އަދި ފަހަތަށް ނުބެލުމަށް އާޔާއަށް ވެސް ނަސޭހަތްތެރިވީ މެވެ.

އަހަރެން އާޔާ ގެއަށް ލުމަށް ފަހު އަވަހަށް ގެއަަށް ގޮސް ވުޞޫކޮށްގެން ނަމާދުކުރީމެވެ. އަދި އެރޭ ނިދީވެސް ގުރުއާން ޖަހައިގެން ނެވެ. ނަސީބަކުން އެއްވެސް ބިރުވެރިކަމެއް އޭގެ ފަހުން ދިމައެއް ނުވެ އެވެ. ނަމަވެސް އެރޭގެ ފަހުން ސަލްޓަން ޕާކަށް ރޭނގަޑު ވަގުތުގައި ދިއުން އަހަރުމެން ހުއްޓާލީމެވެ.

41%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް