ޓުނީޝިއާގެ ސިވިލް ޕްރޮޓެކްޝަން ސާވީސްގެ ޑިރެކްޓާ މުއާޑް މެކްރީ ވިދާޅުވި ގޮތުގައި ކޯސްޓުގާޑުން ވަނީ 21 ހަށިގަނޑު ހޯދާފައެވެ.
މިހާރު މިމައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާވާހަކަވެސް އޭނާ ހާމަކުރެއްވިއެވެ. މަރުވި މީހުންގެ އަދަދު އިތުރުވުން ވެސް އެކަށީގެން ވެއެވެ.
ޓުނީޝިއާއަކީ އެފްރިކާއާއި މެދު އިރުމަތީގައިވާ ފަގީރުކަމާއި ހަނގުރާމަަތަކުން ނުކުމެގެން ޔޫރަޕަށް އަރަން މިހާރު އާންމުވެފައިވާ ޑިޕާޗާ ޕޮއިންޓެކެވެ.
މިދިޔަ މާޗް މަހުގައިވެސް 39 މައިގްރަންޓުން ވަނީ ސްފެކްސް ކޯސްޓް މަތީގައި މަރުވެފައެވެ. އަދި މިދިޔަ އަހަރުގެ ޖޫންމަހުގައި ބޯޓެއް އަޑިއަށް ދިއުމުގެ ސަބަބުން 60 މީހުން މަރުވިއެވެ.