އުމުރުން 52ގެ ހެލެން މެކްކްރޯރީ މަޝްހޫރު ވެފައިވަނީ ދަ ކުއީން، ދަ ސްޕެޝަލް ރިލޭޝަންޝިޕް، އަދި ހެރީ ޕޮޓާ ފްރެންޗައިޒް ގައި އަދާ ކޮށްފައިވާ ރޯލުތަކުންނެވެ.
އޭނާ ދިވެހިންގެ ތެރޭގައި އެންމެ މަޝްހޫރުވެފައިވަނީ ނެޓްފްލިކްސް ސީރީޒްއެއް ކަމުގައިވާ ޕީކީ ބްލައިންޑާޒް އިން ޕޮލީ ގެ ރޯލުންނެވެ.
ހެލެން މެކްކްރޯރީ މަރުވެފައިވަނީ އޭނާގެ ގޭގައި، އާއިލާކައިރީ ހުއްޓައެވެ. ފިރިމީހާ އެެކްޓަރު، ޑޭމިއަން ލުވިސް ކުރި ޓްވީޓެއްގައި ވަނީ މެކްކްރޯރީ މަރުވިކަން ކަށަވަރުކޮށްދީފައެވެ.