އެގޮތުން ރޭކާ އޭނާގެ ހަޔާތުގައި ކައިވެނިކޮށްފައި ވަނީ އެންމެ މީހަކާ އެކެވެ. އޭނާ ކައިވެނި ކުރި މީހާ ވަނީ ކާރު އެކްސިޑެންޓެއްގައި ކައިވެންޏަށް އެއް އަހަރުވީ ތަނާ މަރުވެފަ އެވެ.
އޭގެފަހުން އޭނާ އަދި ބޮލީވުޑްގެ "ބިގް ބީ" އަމީތާބް ބައްޗަންއާއި ގުޅުމެއްވާ ކަމުގެ އަޑުތައް ފެތުރިފައި ވެއެވެ. ނަމަވެސް އެކަމާ ގުޅިގެން އެދެމީހުން އަދިއަދަށް ދާންދެންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ރޭކާގެ ފިރިމަރުވެފައިވާ އިރު އޭނާ ސިންދޫރް އަޅާ ކަމަކީ ގިނަ ބައެއްގެ ސުވާލު އަމާޒުވާ ކަމެކެވެ. އެކަމާ ގުޅިގެން ރޭކާ ބުނެފައި ވަނީ އޭނާ ސިންދޫރް އަޅަނީ ރީއްޗަކަށް ކަމަށެވެ.
ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރަނީ އޭނާ ސިންދޫރް އަޅަނީ އަމީތާބް ބައްޗަނަށް ކަމަށެވެ.