
ނިމިދިޔަ އަހަރު ރޯދަ މަހުގައި ފުރަބަންދެއްގައި ތިބުމަށް ފަހުގައި ގިނަ ބަޔަކު މި އަހަރުގެ ރޯދަމަހުގެ ހަވީރު ވަނީ ހިތްހަމަ ޖައްސާލުމަށް ކުޑި އެރުވުމަށް އުސްފަސްގަނޑު ހިސާބަށް ޖަމާވެފަ އެވެ.
އެންމެ ތުއްތު ކުއްޖާއިން ފެށިގެން ބޮޑެތި މީހުންވެސް އެ ސަރަހައްދުގައި ފޮރީގައި ގުޑި އެރުވުމުގައި އުޅެއެވެ. އެކި ކުލަ ކުލައިގެ އެކި ބައްޓަންތަކުގެ ގުޑި ހިފައިގެންނެވެ.
ފޮޓޯ--ކުޑި އަރުވަނީ
އެ ސަރަހައްދުން ތުއްތު ކުދިން ގޮވައިގެން އެމީހުންގެ މައިންބަފައިން ގުޑި އަރުވާގޮތް ދަސްކޮށްދިނުމަށް ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. މުޅި މާހައުލުން ފެންނަމުން ދަނީ އުފާވެރި ކަމަށެވެ. މައުސޫމް ކުދިންގެ ހުނުމުގެ އަޑެވެ.
ކުޑި އެރުވުމަކީ ޒަމާނުއްސުރެ ރާއްޖޭގައި ކޮށް އުޅޭ ކަމެކެވެ. ނަމަވެސް ކޮވިޑްގެ ބިރުވެރިކަން ރާއްޖޭގައި ފެތުރުމާއެކުގައި އެކަން ހުއްޓިފައި އޮތުމަށް ފަހުގައި އަނެއްކާ ވެސް މިފަހަރުގެ ރޯދަމަހުގައި ގުޑި އެރުވުމުގެ ފޯރި އަނެއްވާވެސް އަންނަނީ ފެންނަމުން ނެވެ.