ސާރާގެ ލޯބީގެ ހަޔާތުގެ ވާހަކައަކީ ގިނަ ބަޔަކު ދައްކާ ވާހަކަ އެކެވެ. އޭނާ ރައްޓެހިވަނީ ކާކަށް ތޯ އެއީ ފޭނުން ބަލަން ބޭނުންވާ ކަމެކެވެ.
ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ސާރާ ގިނަ ބަޔަކާ ރައްޓެހިވެފައިވާ ކަމަށް އަޑުތައް ވަނީ އަރާފަ އެވެ. އެގޮތުން ފާއިތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި އޭނާ ވަނީ ހަތަރު މީހަކާ ރަށްޓެހިވެފައި ކަމަށް ރިފޯޓް ކުރެވިފައި ވެއެވެ.
އެހެން ނަމަވެސް ސާރާ މިހާރު ހުރީ ހުސްކޮށެވެ. އޭނާ ގިނަ ބަޔަކާ ރަށްޓެހިވި ނަމަވެސް އެއްވެސް ގުޅުމެއް ގިނަ ދުވަހަށް ދިގުދެމިގެނެއް ނުދެ އެވެ.
ސާރާ އެންމެ ފަހުން ރަށްޓެހިވެފައި ވަނީ އެކްޓަރު ކާރްތިކް އާރިއަންއާ ކަމަށް ރިޕޯޓް ކޮށްފައި އެވެ.