ޝިފާ ގެ ކޮންމެ ފިޔަވަޅެއް ވެސް ހުށިޔާރު ކަމާއެކުގައި ގިނަ ބަޔަކު ބަލަ އެވެ.
އެގޮތުން ޝިފާ ވަނީ ދާދި ފަހުން އޭނާގެ ބުޅާތައް އިންސްޓާގްރާމްގައި ފޭނުންނަށް ދައްކާލާފަ އެވެ.
ޝިފާ ބުޅާތައް އުރައިގެން
ޝިފާ އެ ފޮޓޯ ހިއްސާކޮށްފައި ވާއިރު އެ ފޮޓޯއިން ފެންނަ ދެ ބުޅަލަށް ކިޔާނަން ވެސް އޭނާ ވަނީ ހާމަކޮށްފަ އެވެ. އެގޮތުން އެއް ބުޅަލަށް "ބޫބޫ" ކިޔާއިރު އަނެއް ބުޅަލަށް ކިޔަނީ "ސޮއްޓި" އެވެ.
ނިމިދިޔަ އަހަރު ޝިފާ ވަނީ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޝަލަބީ އިބްރާހީމް އާއި ކައިވެނި ކޮށްފަ އެވެ. ޝަލަބީ އާއި ޝިފާ ކައިވެނި ކުރީ ސަގާފީ ހެދުމުގައި ތިބެ ޒޫމް ވީޑިއޯ ކޮންފަރެންސް އެއް މެދުވެރިކޮށެވެ. ޝިފާ ކައިވެނީގެ ރަނަށް ކިޔާފައި ވަނީ 1234.56 ރުފިޔާ އެވެ.