ޖާންވީ އެންމެ ފަހުން ރަށްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނީ ކާރްތިކް އާރިއަން އަށާ އެވެ. ނަމަވެސް އެމީހުންގެ ގުޅުން މިހާރު ވަނީ ނިމިފައި ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އެއީ އެމީހުން ޕޯސްޓް ކޮސްފައިވާ ފޮޓޯ ރިމޫވްކޮސް ދެމީހުން ދެމީހުންނަށް އަން ފޮލޯ ކުރީމަ އެވެ.
ކަން މިހެން ވުމުން މިހާރު ޖާންވީ ހުރީ ހުސްކޮށެވެ. ނަމަވެސް އޭނާ ލޯބިގެ ގޮތުން މީހަކާ ގުޅެން ބޭނުން ނުވާކަމށް ޖާންވީ ވަނީ ފާޅުގައި ބުނެފަ އެވެ.
އޭނާ މިހާރު ބޭނުންވަނީ ފިލްމު އިންޑަސްޓަރީގައި ކާމިޔާބު ކެރިއާއެއް ހަދަން ކަމަށް ވެސް ޖާންވީ ބުނެ އެވެ.
ކޮވިޑް 19 އާއި ގުޅިގެން މިހާރު އިންޑިއާގެ މުމްބާއި ލޮކްޑައުން ކޮށްފައިވާއިރުގައި ޖާންވީ ވަނީ އޭނާގެ ރަހުމަތްތެރިންނާ އެކުގައި ގޯއާއަށް ޗުއްޓީ ހޭދަކުރުމަށް ގޮސްފަ އެވެ.