ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެެވެ. އެމެރިކާގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި އެ ސުވާލު ކުރުމުން ދެކޮޅުހަދައި އެންމެ ފަހުން އޭނާ ވަނީ ލައިވް ޓީވީގައި ރޮއެފައެވެ.
އޭނާ ބުނެފައިވަނީ ގެއެއް ނުގަތް ނަމަވެސް، އެ ހަރަކާތުގެ ބައެއް ފައިސާ އޭނާގެ ސެކިއުރިޓީއަށް ބޭނުންކޮށްފައިވާނެ ކަމަށެވެ.
އޭނާވަނީ އޭނާއަކީ "މާކްސިސްޓު" ނުވަތަ ކޮމިއުނިސްޓު ވިސްނުމުގެ މީހެއްކަމަށް ދެކެވޭ ވާހަކަތައް ވެސް ދޮގުކޮށްފައެވެ.
އަދި އޭނާ ބުނެފައިވަނީ އޭނާ އަލަށް ގަތް ގެއަކީ އޭނާގެ އާއިލާއަށް ގަތް ގެއެއް ކަމަށެވެ.
ބީއެލްއެމް އަކީ އެމެރިކާގައި ކަޅު ނަސްލުގެ މީހުންނާއި މެދު ގެންގުޅޭ ތަފާތު ކުރުންތައް ނައްތައިލުމަށް އުފައްދައި ހަރަކާތްތެރިވަމުން އަންނަ މޫވްމަންޓެކެވެ.