ads
ޝްރައްދާ——ފޮޓޯ:ސީއެންއެމް
ރާއްޖެއިން ދިޔައިރު ޝްރައްދާހުރީ މިހެން: އިންޑިއާ ބުލޭމްކުރަނީ ރާއްޖެއަށް
އިންޑިއާގެ ފިލްމީ ތަރިންގެ މެދުގައި ރާއްޖެ އިންތިހާއަށް މަގުބޫލުވެ، މި ތަނަށް އަންނަ ތަރިންގެ ނިސްބަތް މި ކޮވިޑްގެ ތެރޭގައި ވަނީ އިތުރުވެފަ އެވެ.
Advertisement

މިއަހަރުގެ މިހާތަނަށްވެސް މަޝްހޫރު އެތައް ތަރިންނެއް ރާއްޖެއަށް އެތައް ފަހަރަކު ތަކުރާރުކޮށް އައިސްފައިވާއިރު، މީގެ ތެރެއިންވެސް އެންމެ ފާހަގަކުރެވޭ އެއް ތަރިއަކީ ޝްރައްދާ ކަޕޫރެވެ. 

މިއަހަރުތެރޭވެސް ހަތަރު ފަހަރަށް ރާއްޖެއަށް ޒޖޔާރަތްކޮފައިވާ ޝްރައްދާ މިފަހުން އަނެއްކާ ޗުއްޓީ ނިންމާލާފައި އިންޑިއާއަށް އަނބުރާދިޔައިރު މުޅި މީހާ މިހުރީ އަނދާގެންގޮސް ސިފަވެސް ވަކިނުވާ ހިސާބަށް ގޮސްފައެވެ.

your imageޝްރައްދާގެ ފޮޓޯތައް 

އެގޮތުން މިފަހުން އާއްމުވެފައިވާ ފޮޓޯތަކަކުން ގިނަ ބަޔަކުދަނީ ޝްރައްދާއަށް އައިސްފައިވާ ބަދަލާ މެދު ސުވާލު އުފައްދަމުންނެވެ. އެގޮތުން މިއީ ފިލްމަކަށް ތައްޔާރުވުމަށް ކޮށްފައިވާ ކަމެއްތޯ އެއްބަޔަކު ސުވާލު އުފައްދާއިރު، އަނެއްބަޔަކު ވަނީ މިއީ ޝްރައްދާ މޭކަޕު ނުކޮށް ހުންނައިރު ފެންނަ ގޮތްކަމަށްވެސް ބުނެފައެވެ. 

  • ބޮލީވުޑުގެ އެންމެ ރީތި ތަރިންގެ ތެރޭގައި ހިމެނޭ ޝްރައްދާއަށް މިހާ ބޮޑު ބަދަލެއް ކުއްލިއަކަށް އައުމުން ގިނަ ބަޔަކުދަނީ ފާޑުވެސް ކިޔަމުންނެވެ. އަނެއްބަޔަކު ވަނީ ޝްރައްދާ ދިފާއުކޮށް ޝްރައްދާ އެހުރީ ވަރަށް ބޮޑަށް “ޓޭން”ވެފައިކަމަށާއި، އެއީ އޭނާ ރާއްޖެއަށް ދިޔުމުން ވެފައިވާ ގޮތެއް ކަމަށް ބުނެފައެވެ. އަދި ރާއްޖޭގައި ޓޭން ވުމަކީ އާއްމުކަމެއް ކަމަށް ބުނެފައިވެއެވެ.

your imageޝްރައްދާގެ ފޮޓޯއަށް ބައެއް މީހުން ކޮށްފައިވާ ކޮމެންޓްތައް

 ޝްރައްދާގެ މި ފޮޓޯތަކުން ފެންނަނީ ވަރަށް ބޮޑަށް އަނދާފައިވާތަނެވެ. އަދި އަނދާފައިވުމުގެ ސަބަބުން އޭނާގެ ސިފަވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

ޝްރައްދާ އެންމެ ފަހުން ރާއްޖެއައިސްފައިވަނީ އެޕްރީލު މަހުއެވެ. އަދި ނިމުނު މާޗު މަހުގެ 17ވަނަ ދުވަހު އޭނާގެ ބައްޕަ ޝަކްތީ ކަޕޫރު އާއިއެކު ވެސް ރާއްޖެ އައިސްފައިވެއެވެ. އަދި އޭގެ ކުރިން ހަމަ އެމަހުގެ ކުރީކޮޅުވެސް އޭނާ ވަނީ ދެ ބެއިންގެ ދެދަރި ކުއްޖެއްގެ ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވުމަށްވެސް ރާއްޖެ އައިސްފައެވެ. 

އެހެންކަމުން ޝްރައްދާގެ ބޭބެ ވެސް ވަނީ “ދެން ރާއްޖޭގައި ވަޒަންވެރިވާން” ހިޔާލުވެސް ދީފައެވެ. 

އުމުރުން 34 އަހަރު މިފަހުން ޝްރައްދާއަށް ފުރިފައިވާއިރު އޭނާގެ އުފަން ދުވަސް ވެސް މިއަހަރު ފާހަގަކުރީ ރާއްޖޭގައެވެ

61%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް