ads
އައިސް ޕޮޕްސް——ފޮޓޯ:ސީއެންއެމް
ސީއެންއެމް ބަދިގެ: އައިސް ޕޮޕްސް ތައްޔާރުކޮށްލަން ތި ހީކުރާ ވަރަށްވުރެ ފަސޭހަ
ސީއެންއެމް ބަދިގޭގައި މިއަދުގެ މި ހިމަނާލަނީ "އައިސް ޕޮޕްސް" ތައްޔާރުކޮށްލެވިދާނެ ގޮތެކެވެ.

ރޯދަމަހުގެ ތަރީވީސް ގަޑީގައި “އައިސް ޕޮޕްސް”މިއީ ހަމަ އެއްވަނަ އެވެ. މިކަމަށްޓަކައި ތަނަކަށްގޮސްގެން އޯޑަރުކުރުމުގެ ބޭނުމެއްނެތެވެ. މިއީ ހަމަ ގޭގައިވެސް ތައްޔާރުކޮށްލެވިދާނެ އެއްޗެކެވެ.

ބޭނުންވާ ތަކެތި:

  • އެއް 1/2 ތަށި ފެން
  • 3/4 ތަށި މާމުތް
  • އެއް ލުބޯ
  • ބޭނުންވާ ބާވަތެއްގެ ފްރުޓްސް (ސްޓޯބެރީ، ބުލޫބެރީ، ލެމަން ނޫނީ އޮރެންޖުވެސް ބޭނުންކޮށްލެވިދާނެ)

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ އައިސް ޕޮޕްސް ތައްޔާރުކުރުމަށް ބޭނުންވާ ސިރަޕް ހަދާނެގޮތް ކިޔާލަދޭނަމެވެ. މީގެ ދެ ސިރަޕެއް ތައްޔާރު ކޮށްލެވިދާނެއެވެ. ފުރަތަމަ ސިރަޕް ހެދުމަށް އެއް 1/2 ތަށި ފެން، 3/4 ތަށި މާމުތް އަދި ލުބޯގެ ތޮށިކޮޅެއް ފުޑުކޮށްލުމަށް ފަހު މިހުރިހާ އެއްޗެއް ތެއްޔެއްގައި ހޫނުކޮށްލުމަށް ފަހު ބިއްލޫރި ފުޅިއަކަށް ނުވަތަ ދުގުތައްޓަކަށް އަޅާލާފައި ބަހައްޓާލާށެވެ. 

ދެވަނަ ސިރަޕްއަށް އެއް 1/2 ތަށި ފެން، އަދި ލުބޯހުތް އަޅާލާފައި އެއްކޮށްލުމުން އެ ސިރަޕްވެސް ތައްޔާރުކޮށްލެވުނީއެވެ. 

އެޔަށްފަހު ދެން އައިސް ޕޮޮޕްސް ތައްޔާރުކުރުމަށް ބޭނުންވާ ފުރުޓްސް ކޮށާލުމަށްފަހު ލޮލީ ކިޔުބުސް އަކަށް އަޅާލުމަށްފަހު ބޭނުން ވައްތަރެއްގެ ސިރަޕްކޮޅުވެސް އަޅާލާށެެވެ. އެއަށްފަހު ފްރިޖްގައި ގަނޑުކޮށްލުމަށް ބަހައްޓާށެވެ. 

އެއްކޮށް ގަނޑުވުމުން މިހާރު ތިހުރީ އައިސް ޕޮޕްސް ތައްޔާރުވެފައެވެ. އުނދަގުލެއް ނޫނެއްނޫން ހެއްޔެވެ؟

މި ރޯދަމަހު ކޮންމެހެންވެސް މި އައިސްޕޮސްގެ އަޖުމަ ބަލާލަން ތައްޔާރުކޮށްލަންވާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް